ads
ހައިކޯޓުގެ އިސްފަނޑިޔާރު ޖަމީލް
ހައިކޯޓުގެ އިސްފަނޑިޔާރަކަށް ޖަމީލް
ހައިކޯޓުގެ އިސް ފަނޑިޔާރަކަށް އެ ކޯޓު ހިންގުމާ މިހާރު ހަވާލު ހުންނެވި އަބްދުﷲ ޖަމީލް މޫސާ އައްޔަންކުރަން ޖޭއެސްސީން މިއަދު ނިންމައިފި އެވެ.
Advertisement

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ޖަމީލް އައްޔަން ކުރަން ނިންމިއިރު، އެ މަގާމަށް ދެން ވާދަކުރީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.

އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ، 3 އޮގަސްޓް 2025 ގައެވެ. 19 ނިވެންބަރު 2025 ވަނަ ދުވަހުން ފެށިގެން، ހައިކޯޓު ވަގުތީ ގޮތުން ހިންގެވުން ހަވާލުކުރައްވާފައިވަނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއާއެވެ.

އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ، ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެންބަރު 23 އިން 2009 ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައިވެއެވެ.

ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށްފަހު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ ވަނީ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;