ads
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު
އެމްއެމްއޭ ރިސާޗު ކޮންފަރެންސަށް ކަރުދާސް ހުށަހަޅަން ހުޅުވާލައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާއްވާ ތިންވަނަ ރިސާޗު ކޮންފަރެންސް، "އެމްއެމްއޭ ރިސާޗު ކޮންފަރެންސް 2026"އަށް ދިރާސާ ކަރުދާސްތަކުގެ ހުލާސާ ނުވަތަ އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
Advertisement

އެމްއެމްއޭ ރިސާޗް ކޮންފަރެންސަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އިގްތިސާދީ މާހިރުންނާއި ދިރާސާވެރިން އެއްތަނަކުން ބައްދަލުވެ، މިހާރުގެ އިގްތިސާދީ އަދި ސިޔާސީ މައްސަލަތަކާ ގުޅޭގޮތުން ހަދާފައިވާ އާ ދިރާސާތައް ހުށަހަޅައި މަޝްވަރާކުރުމަށް ހުޅުވާލެވޭ މުހިންމު ފުރުސަތެކެވެ. 

މީގެ އިތުރުން، މި ކޮންފަރެންސްގެ މަގުސަދަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ދާއިރާގެ މާހިރުން އަދި އިލްމީ ބޭފުޅުންގެ މެދުގައި މުއާމަލާތްތައް ވަރުގަދަކޮށް، ރާއްޖެއާ ގުޅުންހުރި ދިރާސާތައް ކުރުމަށް ބާރުއެޅުމެވެ.

މިއަހަރުގެ ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދިވެހި އިގްތިސާދަށް ކުރިމަތިވަމުންދާ އޮނިގަނޑު ބަދަލުތަކާއި ދުނިޔޭގެ ނުތަނަވަސްކަމުގެ ތެރެއިން، ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މެކްރޯ އިކޮނޮމިކް އަދި މާލީ ދާއިރާގެ ހަމަޖެހުން މުހިންމުވާ މިންވަރުގެ މައްޗަށެވެ.

ހުށަހަޅާ ކަރުދާސްތައް ހުންނަންވާނީ އިނގިރޭސި ބަހުން، މައިކްރޯސޮފްޓް ވޯޑް ފޯމެޓަށް އަދި ދިގުމިނުގައި 150 އާއި 250 ބަހާ ދެމެދު ހުންނަންވާނެ އެވެ.

މި ކޮންފަރެންސަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ދިރާސާވެރިންނާއި އެކަޑެމިކް ދާއިރާގެ ބޭފުޅުންނާއި މަރުކަޒީ ބޭންކުތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން، އަމިއްލަ ޖަމިއްޔާތަކާއި މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

ކަރުދާސް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 20 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;