ads
ދިރާގުގެ ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހޭދަކުރެއްވި އިސްމާއިލް ރަޝީދު: މިއަދުން ފެށިގެން ހުންނަވާނީ އެ ކުންފުންޏާ ދުރުގައި - ފޮޓޯ" ދިރާގު
ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ރިޓަޔާކުރައްވައިފި
ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުގެ ސީއީއޯގެ މަގާމުގައި 11 އަހަރު ހޭދަކުރެއްވުމަށް ފަހު، އިސްމާއިލް ރަޝީދު އެ މަގާމުން މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
Advertisement

އިސްމާއިލް ރިޓަޔާ ކުރެއްވީ ރާއްޖެއަށް އެކި ދާއިރާތަކުން 40 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު އެވެ. އޭނާ ރިޓަޔާ ކުރައްވާތީ ޗީފް އެގްޒެކެޓިވް އޮފިސަރު ޑެޒިގްނޭޓްގެ ގޮތުގައި ވަލްޑެމާ ފެރަޑާޒް ހަމަޖައްސާފައިވާ ކަމަށް ދިރާގުން ވަނީ ހާމަކޮށްފަ އެވެ.

ވާލްޑޭއަކީ ސައުތު އެފްރިކާގެ ރައްޔިތެކެވެ. އޭނާ ދިރާގާ ގުޅުނީ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސާވިސަސް ލީޑަޝިޕް ތަޖުރިބާއާއެކު އެވެ. 

ސަރުކާރުން 1988 ވަނަ އަހަރު ދިރާގު އުފެއްދިއިރު އެ ކުންފުނީގައި އޮތް ޓީމުގައި އިސްމާއިލް ހިމެނިވަޑައިގަތެވެ. ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ކަނެކްޓިވިޓީގެ ތަރައްގީއާ ގުޅޭ މުހިންމު ގިނަ މަސައްކަތްތަކެއް އިސްމާއިލް ވަނީ ކުރައްވާފަ އެވެ.

"ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އުދަރެސް ބަދަލުކުރަނިވި މަޝްރޫއުތައް ލީޑުކުރެއްވުމާއި، މިއަދުގެ ޑިޖިޓަލް އިގްތިސާދުގެ ބިންގާ އެޅުއްވުމަށް އިސްމާޢީލް މުހިންމު ދައުރެއް އަދާކުރެއްވި،" ދިރާގުން ބުންޏެވެ.

އިސްމާއިލް ވަނީ އޭނާގެ ދައުރުގައި އެކި ދުވަސްވަރު އޮތް ރާއްޖޭގެ ސަރުކާރުތަކަށާއި ދިރާގުގެ ބޮޑު ހިއްސާދާރު ބިޔޯން އަށާއި ކުންފުނީގެ ބޯޑަށާއި ކަސްޓަމަރުންނަށް އަދި ވިޔަފާރި ބައިވެރިން ދިން އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

ދިރާގުން މި މަހުގެ 1ގައި ލީޑަޝިޕަށް ބަދަލުު އަންނަކަން އިއުލާނުކޮށްފައި ވާއިރު، ބޯޑުގެ ބެލުމުގެ ދަށުން ކުރިއަށްދިޔަ ސަކްސެޝަން ޕްރޮސެސްގެ ދަށުން ސީއީއޯ ޑެސިގްނޭޓްގެ މަގާމަށް ވަލްޑެމާ "ވާލްޑޭ" ފެރަޑާޒް ވަނީ އައްޔަންކޮށްފަ އެވެ. ވާލްޑޭއަކީ އެފްރިކާ، ޔޫރަޕް، އޭޝިއާ އަދި ކެރީބިއަން ސަރަހައްދުގެ މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތަކުގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

ދިރާގުގެ ސީއީއޯގެ މަގާމަކީ އެ ކުންފުނީގެ މައި ހިއްސާދާރު ބިޔޮން އިން އައްޔަނު ކުރާ މަގާމެކެވެ. ސީއީއޯ އައްޔަން ކުރުމުގެ މަސައްކަތް ބިޔޮން އިން ކުރިއަށް ގެންދިޔައީ ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ރެމިއުނަރޭޝަން، ނޮމިނޭޝަން އެންޑް ގަވަނަންސް ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;