ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު -- ފޮޓޯ: އޭއެފްޕީ
އީރާން ހަނގުރާމަ މެދުކަނޑާލުން މުއްދަތެއް ނެތް ގޮތަށް އިތުރުކޮށްފި
އީރާނާއެކު ވެފައިވާ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމުގެ މުއްދަތު ވަކި ތާރީހެއް ނެތް ގޮތަށް އިތުރުކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
Advertisement

ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއިން މިގޮތަށް ނިންމީ ޕާކިސްތާނުގެ މެދުވެރިންގެ އެދުމުގެ މަތިން ކަމަށެވެ. އީރާނުގެ ވެރިންނާއި މަންދޫބުންނަށް އެއްބަސްވެވޭ ފަދަ ހުށަހެޅުމަކަށް އާދެވެންދެން ނުވަތަ މަޝްވަރާތައް ވަކި ގޮތަކަށް ނިމެންދެން، އެ ގައުމަށް ހަމަލާ ނުދީ މަޑުކޮށްލުމަށް އެމެރިކާއިން އެއްބަސްވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ހަނގުރާމަ މެދުކަނޑާލި ނަމަވެސް އީރާނަށް ދަތިކުރުމުގެ ގޮތުން އަޅާފައިވާ ބްލޮކޭޑް ކުރިއަށް ގެންދިއުމަށާއި އެހެނިހެން ގޮތްގޮތުން އަސްކަރިއްޔާ އޮތީ ހަމަލާއަކަށް ތައްޔާރުވެގެން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕްގެ މި ވާހަކަތަކަށް އީރާނުން އަދި ރައްދެއް ދީފައެއް ނުވެ އެވެ. ނަމަވެސް އެ ގައުމުގެ ތަސްނީމް ނިއުސް އެޖެންސީން ބުނެފައި ވަނީ އީރާނުގެ ރަސްމީ ނިންމުން ފަހުން ހާމަކުރާނެ ކަމަށެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދީ އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތައް ބަޔަކު އަވަހާރަކޮށްލުމާ އެކު ފެށުނު ހަނގުރާމަ ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފަ އެވެ. 

ހާއްސަކޮށް ދުނިޔޭގެ ތެލުގެ ބޮޑު ބައެއް އުފުލާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ތެލުގެ އަގު އުފުލި، ދުނިޔޭގެ އިގްތިސާދީ ހަމަޖެހުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;