ads
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ކްރިމިނަލް ކޭސްތަކުގެ ގާޒީން ބަދަލުކުރާ އުސޫލަށް ބަދަލެއް
ކްރިމިނަލް މައްސަލަތައް ބެލުން އެހެން ފަނޑިޔާރުންނާ ހަވާލު ކުރެވޭ އުސޫލަށް ސުޕްރީމް ކޯޓުން ބަދަލު ގެނެސްފި އެވެ.
Advertisement

ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދު ކުރިން އޮންނަ ގޮތުން އެހެން ފަނޑިޔާރަކާ ޖިނާއީ މައްސަލައެއް ހަވާލު ކުރެވޭނީ މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރު ސަސްޕެންޑް ކުރުން ނުވަތަ މަގާމުން ވަކިކުރުން ނުވަތަ މަސްލަހަތު ފުށުއަރާ ހާލަތެއް މެދުވެރިވުން ނުވަތަ އެ މައްސަލައެއް ބެލުމުން ފަނޑިޔާރަކު ތަނާޒުލްވާން ޖެހުން ފަދަ ހާލަތްތަކުގަ އެވެ. 

އެކަމަކު، އެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން ދެ މަހަށް ވުރެ ދިގު މުއްދަތަކަށް ސަސްޕެންޑް ކޮށްފިނަމަ ނުވަތަ ދިގު ޗުއްޓީއަކަށް ގޮސްފިނަމަ ނުވަތަ ދިގު މުއްދަތުގެ ޕްރޮގްރާމަކަށް ފަނޑިޔާރު ވީއްލާފައިވާނަމަ އެހެން ފަނޑިޔާރަކާ މައްސަލަތައް ހަވާލު ކުރެވިދާނެ އެވެ.

މީގެ އިތުރުން އެއް ހާދިސާއަކާ ގުޅިގެން އަދި އެއް ހެކިންތަކެއް ހިމެނޭ މައްސަލަތައް ދެ ފަނޑިޔާރަކު ނުވަތަ ދެ ބެންޗަކުން ބަލާ ހާލަތާއި އަދި ޝަރުއީ ވަފުދަކުން މައްސަލަ ބަލާ ހާލަތުގައި ވެސް އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލު ކުރެވިދާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;