ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދުގައެވެ. އެ މަސައްކަތް ފެށީ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ތެރެއިން ބީއެމްއެލްގެ ހެޑް އޮފީސްް ކުރިމަތީ ފަޅު ތެރެއިން ބޮޑު ބައެއް ހިއްކައި އެ ތަނުގައި ޕާކިން ޒޯނެއް ހެދުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މި ޕާކިން ޒޯނަށް ބޭނުންވާ ސަރަހައްދުގައި ފަޅުތެެރޭގައި ޝީޓް ޕައިލްކޮށް ހިއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެ މަސައްކަތުގެ ބޮޑުބައެއްް ވަނީ ނިންމާފައެވެ. ޕާކިން ޒޯން ހެދުމަށް ހިއްކަނީ ފޮރިން މިނިސްޓްރީ އިމާރާތް ނިމޭ ހިސާބުން ފެށިގެން ސިޓީ ގާޑެން ރެސްޓޯރަންޓާއި ހަމައަށް އޮންނަ ހިސާބެވެ.
ޕާކިން ޒޯން ހަދަން ފަޅުތެރެއިން ބައެއްް ހިއްކުމަށް ޝީޓް ޕައިލްކުރަމުން ދަނީ
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ހަދަމުން އަންނަ ބައިގައި އަންނަ ހަފްތާގައި ތާރު އަޅަން ފަށާނެކަމަށް އެމްޓީސީސީން އިއްްޔެވަނީ ބުނެފައެވެ. އެކުންފުނިން ބުނީ ބޭރު މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 47 އިންސައްތަ މަސައްކަތް ނިންމާފައިވާކަމަށެވެ. އެގޮތުން ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތައް ނިމި މިހާރު ކުރިއަށްދަނީ ނަރުދަމާ އަޕްގްރޭޑްކުރުމާއި، ކޭބަލް ޖަންކްޝަންތަކާއި، ސްޓޯމްވޯޓާ ހަރުމުރުމުގެ މަސައްކަތް ކުރުންކަމަށެވެ. އަދި މި މަސައްކަތްތައް މި ހަފްތާގެ ތެރޭގައި ނިންމާލެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.
ބޮޑުތަކުރުފާނު މަހު ހެދުމުގެ ތެރެއިން މިހާރު ހަދަމުންދާ ބައިގެ ތެރެއިން
ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގައި، އެންމެ ފުރަތަމަ ނިންމީ ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ.
އެ ސަރަހައްދު ނިންމައި ހުޅުވީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. ދެ ވަނަ ސެގްމެންޓުގައި، ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރުއަޅާ މަގު ހެދުމުގެ މަސައްކަތް ނިންމައި އެ ސަރަހައްދު ހުޅުވީ މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޯގަސްޓު މަހު އެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 455 ދުވަހުން (ގާތްގަނޑަކަށް 1 އަހަރާއި 3 މަހުން) ނިންމަން ޖެހޭ ގޮތަށެވެ. މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;