ads
ރައީސް މުއިއްޒު އަދި މިނިސްޓަރު ސައީދު ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ބައްްލަވާލައްވަނީ
"ރައީސް ރީތިކޮށް ވެރިކަންކުރާތީ ރާއްޖެ ތެލާއި، ކާޑަށް ނުޖެހޭނެކަމަށް ގައުމުތަކުން ބުނޭ"
ރައީސް ޑރ. މުހައްމަދު މުއިއްޒު ރީތިކޮށް ކުރައްވާ ވެރިކަމުން ދިވެހިން ތެލާއި ކާޑަށްް އެ ގައުމުތައް ތިއްބާ ނުޖެހޭނެކަަމަށް ދުނިޔޭގެ ގައުމުތަކުން ބުނަމުން އަންްނަކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ކައުންސިލު އިންތިހާބުން ވެރިކަންކުރާ ޕީއެންސީއަށް ހއ. ފިއްލަދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ސައީދު ވިދާޅުވީ މެދުއިރުމަތީގައި އީރާނާއި އެމެރިކާއި ކުރަމުންދާ ހަނގުރާމައިގެ ސަބަބުންް އެތައް ގައުމަތަކުން ތެލާ ގެހާއި ކާބޯތަކެތި ގާތްގަޑަކަށް އެއްކޮށް ހުސްވެގެންދިޔަކަމަށެވެ. އެހެންނަމަވެސް ރާއްޖެއަށް އެފަދަ ކަމެއް މެދުވެރިނުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމު ގައުމަކަށް ވުމުންކަމަށް ސައީދު ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒު ރީތިކޮށް ކުރާ ވެރިކަމުގެ ސަބަބުން ރާއްޖެ ތެލާ ގޭހާއި ކާޑަށް ނުޖެހޭނެކަމަށް ގައުމަތަކުން ބުނަމުން އަންްނަކަމަށް ސައީދު ވިދާޅުވިއެވެ.

" އޭގެ މައްޗަށް އަޅުގަނޑުމެންނަށް ލިބިފައިހުރި ވެރިމީހާގެ ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ރީތިކޮށް ކުރާ ވެރިކަމެއްގެ ނަތީޖާއަކީ އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެންނަށް ދުނިޔޭގެ ގައުމުތަކުން އެ ދަނީ ބުނަމުން، އެ މީހުން ތިއްބާ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެ ތެލަކަށްވެސް ނުޖެހޭނެޔޭ، ގޭހަކަށްވެސް ނުޖެހޭނެޔޭ، ކާޑަކަށްވެސް ނުޖެހޭނެޔޭ،" ސައީދު ވިދާޅުވިއެވެ.

ގައުމުތަކުން އެހެން ބުނި ނަމަވެސް ދުނިޔޭގެ އަގުތަކަކީ ރާއްޖެއަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫންކަން ފާހަހގަކުރައްވަމުން ސައީދު ވިދާޅުވީ ތަކެތީގެ އަގަށް އަންނަ ބަދަލުތަކުގެ ބުރަވެސް ވީހާވެސް ކުޑަކޮށް ރައްޔިތުންނަށް ނަގަންޖެހޭ ގޮތަށް ސަރުކާރުން ކަންކަން ކުރަމުންދާކަމަށެވެ. މީގެއިތުރުންް މި ވެރިކަމުގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުވުމުން އިގްތިސާދަށް ހީނުކުރާހާ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;