ads
ބީއެމްއެލްއިން ވަނީ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައއި
އެމެރިކަން އެކްސްޕްރެސް ކާޑުން ވިޔަފާރިކޮށްގެން މަންތާރޭ ބަލާލާ ރިސޯޓް ދަތުރެއް
އެމެރިކަން އެކްސްޕްރެސް ކާޑުން ވިޔަފާރިކޮށްގެން މަންތާރޭ ބަލާލާ ރިސޯޓް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސްއިން ފަށައިފި އެވެ.
Advertisement

އެ ބޭންކުން ބުނީ މި ޕްރޮމޯޝަންގައި، ތަފާތު ތަޖުރިބާތަކެއް ކޮށްލެވޭނެ އަގުހުރި އިނާމުތަކެއް ކަނޑައަޅާފައިވާކަމަށެވެ. 

މިއަދުން ފެށިގެން މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި، ބީއެމްއެލް، ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑް ބޭނުންކޮށްގެން، ހަފްތާއަކު މަދުވެގެން 1000 ރުފިޔާގެ ވިޔާފާރިކުރާ ކޮންމެ ފަރާތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށް ބީއެމްއެލްއިން ބުނެ އެވެ. 

ކާޑު މެޝިތައް މެދުވެރިކޮށް ކުރާ ވިޔަފާރިތަކާއި، ބީއެމްއެލް ގޭޓްވޭ އަދި ކިއުއާރު ކޯޑް މެދުވެރިކޮށް ކުރާ ވިޔަފާރިތައް، މި ޕްރޮމޯޝަންގައި ހަފްތާއަކު ކުރާ ހަރަދުތަކުގެ ގޮތުގައި ހިމެނޭނެކަމަށް ބީއެމްއެލްއިން ބުނެ އެވެ. 

ޕްރޮމޯޝަން ނިމުމުން ޤުރުއަތުން 4 ފަރާތް ހޮވޭ މި ޕްރޮމޯޝަންގައި ވަރަށް އަގުހުރި، އަދި އިތުރު ފަރާތްތަކާއިއެކު ތަފާތު ތަޖުރިބާތަކެއް ކޮށްލެވޭނެފަދަ އިނާމުތަކެއް ކަނޑައަޅާފައިވާކަމަށް ބީއެމްއެލްއިން ބުނެ އެވެ. 

މި ޕްރޮމޯޝަންގައި ލިބޭ އިނާމުތައް  

  • ހާޑް ރޮކް ކެފޭ މޯލްޑިވްސް އިން ދެ ފަރާތަކަށް ރޭގަނޑުގެ ކެޔުމެއް.
  • މެކްބުކް ނިއޯ، އެޕަލް ވޮޗް އަދި އެއަރޕޮޑްސް ހިމެނޭހެން އެޕަލްގެ އުފެއްދުންތައް.

އިނާމު ލިބޭ ފަރާތުގެ އިތުރުން ހަތަރު ފަރާތެއް ހިމެނުމުގެ ފުރުސަތު ލިބޭގޮތަށް، ފުޅަދޫ ގެ ވިލާ މިއާ ގައި، އިތުރު ހަރަކާތްތަކާއެކު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތުވެސް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެ އެވެ. މީގެއިތުރުން ދެ ފަރަތާތަކަށް، މަންތާރޭ ސްނޯކްލިން ހިމެނޭހެން ރިޒޯޓެއްގައި ދެ ރޭގެ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު އިނާމުތަކުގެ ތެރޭގައި ހިމެނޭކަމަށް ބީއެމްއެލްއިން ބުނެ އެވެ. 

މި ޕްރޮމޯޝަނަކީ، ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ކާޑުގެ ހިދުމަތް ހޯދާ ފަރާތްތަކަށް، އާއްމުކޮށް ވިޔަފާރިކޮށްގެން ތަފާތު ތަޖުރިބާތަކެއް ކޮށްލެވޭނެ އަގުހުރި ފުރުސަތުތަކެއް ހޯދައި ދިނުމަށް ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެއްކަމަށް ގައުމީ ބޭންކުން ބުނެ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް