ads
މުހައްމަދު ސިނާން
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީ ސިނާން ކާމިޔާބުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބޭއްވި ޕްރައިމަރީ ރައްޔިތުންގެ މަޖިލިހުގެ އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ކާމިޔާބުކޮށްފި އެވެ.
Advertisement

ޕީއެންސީގެ މި ޕްރައިމަރީގައި ވާދަކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.

ހެނދުނު 9:00 ގައި ފެށި މި ޕްރައިމަރީގެ ވޯޓުގައި ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެންބަރުންނަށް ވޯޓުލީ އައްޑޫ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.

މާލެ އާއި އެހެނިހެން ރަށްރަށުގައި ވޯޓްލުމަށް ރަޖިސްޓްރީވެފައިވާ އެ ދާއިރާގެ މެންބަރުންނަށް ވޯޓުލާފައިވަނީ މާލެ ކަލާފާނު ސުކޫލުގައި ބަހައްޓާފައިވާ ފޮއްޓަށެވެ. އެ ފޮށިތަކަށް ވޯޓުލެވޭ މީހުންގެ ޖުމްލަ އަދަދަކީ 727 އެވެ.

މިއަދު ކުރިއަށް ދިޔަ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ އެ ދާއިރާގެ ކުރީގެ މެމްބަރު ސިނާނަށް ލިބުނީ 226 ވޯޓެވެ. އަދި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އަށް ލިބުނީ 187 ވޯޓެވެ.

މި ޕްރައިމަރީން ސައީދަށް ނާކާމިޔާބީއާ ކުރިމަތިވިއިރު، މި މަހު އޮތް ކައުންސިލް އިންތިހާބުގައި މިހާރު ހުންނެވި ކައުންސިލުގެ ގޮނޑި ވެސް އޭނާއަށް ވަނީ ގެއްލިފަ އެވެ.  

ޕީއެންސީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް ސިނާންގެ ގޮނޑި ގެއްލުނީ، ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ދަރަނި ނުދައްކާ އޮތް މައްސަލައެއްގަ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަކަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ، ހަ މަސް ދުވަސްތެރޭ ދައްކަން ކުރި ހުކުމަކާ އެއްގޮތަށް އެ ފައިސާ ދައްކާފައިނުވާތީ، ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް މިދިޔަ އަހަރުގެ 13 ފެބްރުއަރީގައި މައްސަލައެއް ހުށަހެޅި އެވެ. ސިނާން ވަނީ ހަމަ އެ ދުވަހު ދަރަނީގެ އޭރު ދައްކަން ހުރި ބައި އެއްކޮށް ދައްކާފަ އެވެ.

އެކަމަކު، ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ ނަމަ މެމްބަރުކަމުގެ ޝަރުތު އުނިވާތީ، މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފަ އެވެ. 

މި ދާއިރާއަށް މެމްބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަން އޮންނާނީ 6 ޖޫންގަ އެވެ. މެންބަރެއްގެ ގޮނޑި ގެއްލޭތާ 60 ދުވަސް ތެރޭ ބައި-އިލެކްޝަން ބާއްވަން ޖެހެ އެވެ.

ޕީއެންސީން ޕްރައިމަރީ ސިނާން ކާމިޔާބު ކުރެއްވިއިރު އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ އެ ޓިކެޓު، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ވަނީ ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;