މަލިކާ ބުނީ އޭނާ އަބަދުވެސް މަސައްކަތް ކުރަން ބޭނުންވަނީ އޭނާގެ އަގު ވަޒަންކުރާ އަދި އިހުތިރާމް ކުރާ ފަދަ ޕްރޮޖެކްޓްތަކުގައި ކަމަށެވެ.
އޭނާ ވަނީ ކުރިއަށް އޮތް "ދަ ޓްރެއިޓާސް 2" ރިއަލިޓީ ޝޯގައި ބައިވެރިވުމަށް އެއްބަސްވެފައެވެ. އަދި މި ޝޯއިން އޭނާއަށް އެންމެ ބޮޑު އުޖޫރައެއް ލިބޭކަން ކަށަވަރުކޮށްދެމުން މަލިކާ ބުނީ، ކުޑަ އަގެއްގައި އެއްވެސް އިނގިއްޔެއްވެސް ގުޑުވާނުލާނެ ކަމަށެވެ. މި ޝޯ އަކީ ކަރަން ޖޯހަރު ހުށަހަޅައިދޭ، ޕްރައިމް ވީޑިއޯއިން ދައްކާ ޝޯއެކެވެ.
އަމިއްލަ އަގު ވަޒަންކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަމުން މަލިކާ ބުނީ، އޭނާގެ މަސައްކަތުގެ އަގު ނުލިބޭ އެއްވެސް ކަމެއްގައި ބައިވެރިވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އަދި އޭނާ ފަދަ ތަޖުރިބާކާރު އެކްޓަރަކަށް އެކަށީގެންވާ އިހުތިރާމާއި އެކަށީގެންވާ އުޖޫރަ ލިބެންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;