ads
"ބޮޑު ބަދަލު"ގެ ނަމުގައި އައްޑޫގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ
ރައްޔިތުންނަށްޓަކާ އެންމެ ގިނަ ލޭ އޮހޮރުނީ އަޅުގަނޑު ގައިން: ނަޝީދު
ރައްޔިތުންގެ ހައްގުގައި މަގުމައްޗަށް އެންމެ ގިނަ ލޭ ގައިން އޮހޮރުވި މީހަކީ އެ މަނިކުފާނު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވިދާޅުވެއްޖެއެެވެ.
Advertisement

އެމްޑީޕީގެ ޗެއާފާސަންކަމަށް ރައީސް ނަޝީދުކުރިމަތިލައްވާ އެމަނިކުފާނުގެ ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުގައި ކެމްޕެއިން ހަރަކާތްތައް ބާއްވަމުންނެވެ. 

"ބޮޑު ބަދަލު"ގެ ނަމުގައި އައްޑޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑިޕީގެ ޗެއާޕާސަންގެ މަގާމަކީ މިވަގުތު ރާއްޖޭގައި އޮތް އެެންމެ މުހިންމު މަގާމު ކަމަށެވެ. އަދި މިވަގުތު މި މަސައްކަތް ކުރަނީ ރާއްޖޭގެ ރައީސްކަމަށް ވާދަކުރެއްވުމުގެ ނިޔަތުގައި ނޫން ކަމަށާއި އެއަށްވުރެ މިވަގުތަށް އެންމެ މުހިންމީ އެމްޑީޕީ ހިންގުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

"މި މުއައްސަސާ [އެމްޑީޕީ] ބާރަށް ހިންގުން މާ މުހިއްމު، ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ގައިގައި ހުރި ލެއަކީ ރީނދޫ ލޭ، މިއަދު ކަނޑާލިޔަސް، އަޅުގަނޑު ގަޔަށް ވުރެ ގިނައިން، އަޅުގަނޑު ގައިންނަށް ވުރެ އިތުރަށް މި ރާއްޖޭގެ މަގުތައް މައްޗަށް ލޭ އޮހޮރުވިފައެއް ނުވާނެ. އެ ލޭގެ ބަދަލަކީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަމުގައި އުޅެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ވާހަކަ އެންމެ ފުރަތަމަ ރާއްޖޭގައި ދެއްކެވީ އެ މަނިކުފާނު ކަމަށެވެ. އަދި އެކަމަކީ މުޖުތަމައު ބައިބައި ކުރުވާނެ ކަމެއް ކަމަށް އޭރު ވާހަކަދެކެވުނު ކަމަށެވެ.  ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގަންނަވަން ކުރައްވާ މަސައްކަތްޕުޅުގައި ވާދަކުރައްވަނީ އެ ޕާޓީގެ ވެރިންނާ ނޫން ކަމަށާއި އެކަމުގައި އިތުރު ހިޔާލެއް ނުކުންނަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށެވެ. 

" ދަންނަވަންތޯ އަޅުގަނޑު އަބަދުވެސް ވާދަކުރަނީ އިދިކޮޅު ޕާޓީއާ، އަޅުގަނޑު މި ވާދަކުރަނީ އެމްޑީޕީ ވެރިންނަކާ ނޫން. އަޅުގަނޑު އަބަދު ވެސް ވާދަކުރަނީ އިދިކޮޅު ޕާޓީއާ. އަޅުގަނޑަކަށް ނުވިސްނޭ މީގައި އިތުރު ހިޔާލެއް ނުކުންނަންވީ ސަބަބެއް،" ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރާނެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުން އަލްހާން ފަހުމީ ވަނީ އިއުލާންކުރައްވާފައެވެ. އަދި މީކާއިލާއި އަލްހާންވެސް ގެންދަވަނީ ކެމްޕެއިން ކުރަމުންނެވެ. 

އެމްޑީޕީގައި ދެ ޕެކްޝަން އުފެދިފައިވާއިރު ޗެއާޕާސަން އިންތިހާބުގައި ތާއިދުކުރައްވާނީ މީކާއިލްއަށް ކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ އިއުލާންކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;