ads
ސުޕްރީމް ކޯޓި
ގޮނޑިގެެއްލޭ މައްސަލައިގެ ހުކުމް ބުދަ ދުވަހު
ގޮނޑިގެެއްލޭ މައްސަލައިގެ ހުކުމް ބުދަ ދުވަހު ކުރުމަށް ތާވަލުކޮށްފިއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގެ އަޑުއެހުންތައް މިހާރު އޮތީ ނިމިފައެވެ.

ސުޕްރީމް ކޯޓުން އެ މައްސަލައިގައި ހުކުމް ކުރާ އަޑުއެހުން ތާވަލުކުރީ ބުދަ ދުވަހުގެ ހެނދުނު 10:15 އަށެވެ.

ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ. 

ގޮނޑި ގެއްލޭ މައްސަލަ އެންމެ ފުރަތަމަ ބޭއްވީ ފެބްރުއަރީ 17، 2025 ގަ އެވެ. އެ މައްސަލައިގައި ދެވަނަ އަޑުއެހުމެއް ބޭއްވީ އޭގެ 421 ދުވަހުން އެޕްރީލް ނުވައެއްގަ އެވެ.  

އެ މައްސަލަ ނިމެންދެން، ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ވަގުތީ އަމުރެއް ނެރެދޭން އަލީ ހުސައިންގެ ފަރާތުން އެދުނަސް ސުޕްރީމް ކޯޓުން ނިންމާފައި އޮތީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;