ދިރާގުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފައި ވަނީ ޖެން މޯލްޑިވްސް، މާލޭ ބައި ޝަންގްރިއްލާގައި، އެ ތަނަށް ހާޒިރުވެގެންނާއި އޮންލައިންކޮށް ބައިވެރިވެވޭ ގޮތަށެވެ. އެ ޖަލްސާގައި 265 ހިއްސާދާރުން ބައިވެރިވުމަށް ރަޖިސްޓްރީވިއިރު އޭގެ ތެރޭގައި 136 ހިއްސާދާރުންނާއި 129 ހިއްސާދާރުންގެ ޕްރޮކްސީ ހިމެނެ އެވެ.
ޖުމްލަ 74،240،990 ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނާ އެކު، މި އަހަރުގެ ޖަލްސާގައި ހުށަހެޅި ފަސް ރިޒޮލިއުޝަން ވަނީ ހިއްސާދާރުންގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.
ދިރާގުގެ ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރު ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ 2025 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.70 ރުފިޔާ ދިނުމަށް ހުށަހަޅައި ފާސްކޮށްފައި ކަމަށް ވެސް ދިރާގުން ބުންޏެވެ.
އޭގެ ތެރޭގައި، މިދިޔަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ދީފައިވާ 1.66 ރުފިޔާ އަދި ހިއްސާއަކަށް ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅައިފައިވާ 7.04 ރުފިޔާ ހިމެނޭކަން އެ ކުންފުނިން ފާހަގަކުރި އެވެ.
މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު %1.8 އިތުރު އަދަދެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;