ވައިގެ ދަތުރުފަތުރުގެ ހަބަރުތައް ގެނެސްދޭ އޭވިއޭޓާއިން ބުނެފައިވާ ގޮތުގައި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުތަކަކީ މި ދެ މަންޒިލާ ދެމެދު ގަވާއިދުން ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރެވެ.
މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. މި ދަތުރުތަކުގައި ޔެރެވަންގެ ޒްވާރްޓްނޮޓްސް އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާނެއެވެ. ބޯއިންގ 737-800 މަރުކާގެ ބޯޓެއްގައި ކުރާ މި ދަތުރުތައް އޮންނާނީ ހަފްތާއަކު އެއް ދުވަހު، ކޮންމެ ހޮނިހިރު ދުވަހަކުއެވެ.
މި ދަތުރުތައް ބާއްވާނީ ކޮންމެ ހަފުތާއެއް ހޮނިހިރު ދުވަހު އެވެ. ދަތުރުތަކުގެ އެއްކޮޅު ޓިކެޓެއްގެ އަގު ފެށެނީ 455 ޑޮލަރުންނެވެ. މިހާރު ޓިކެޓް ވިއްކަން ފަށާފައިވާ އިރު، ރާއްޖެ އަށް ކުރާ ދަތުރުތައް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވެ އެވެ.
އަރްމީނިއާގެ ޝިރަކް އެވިއާ އެއާލައިނަކީ މީގެ 7 އަހަރު ކުރިން 2019 ގައި ހިދުމަތަށް ނުކުތް އެއާލައިނެކެވެ. މިހާރު 12 މަންޒިލަކަށް އުދުހޭ މި އެއާލައިންގެ ފްލީޓްގައި އޮންނަނީ ތިން ބޯޓެވެ.