ads
މީހުން ވަޅުލުން ވަގުތީގޮތުން މާލޭ ސަހަރާއަށް ބަދަލުކޮށްފި - ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި
ހުޅުމާލޭ ސަހަރާގެ ބިމުއަޑިން ފެން ނުހިނދޭތީ މީހުން ވަޅުލުން މެދުކަނޑާލައިފި އެވެ.
Advertisement

މާލޭ އާސަހަރާގެ ކަންކަން ބަލަހައްޓަމުން އަންނަ މާލެ ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި އަށް އިންޗި އާއި ނުވަ އިންޗިއާ ދެމެދު ފެން އޮތުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލާފައިވާ ކަމަށެވެ.

އެހެންކަމުން މައްޔިތުން ވަޅުލުން މާލޭ ސަހަރާއަށް ބަދަލުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި ފެންބޮޑުވުމުގެ މައްސަލަ މީގެ ކުރިންވެސް ދިމާވެފައިވެ އެވެ. 

ރާއްޖޭގެ ސަރަހައްދުގައި މި ދުވަސްވަރު ހުޅަނގު މޫސުމުގެ ބާރުގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، މާލެއަށް ވިއްސާރަކޮށް ފެންބޮޑުވެފައިވެ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް