ads
އަދަދު ނޫހުގެ ސީއީއޯ ފިޔާޒު
އަދަދު ނޫހުގެ ސީއީއޯ ފިޔާޒު ފުރުން މަނާކޮށްފި
އަދަދު ނޫހުގެ ޗީފް އެޑިޓަރު ހުސެއިން ފިޔާޒް މޫސާ، ފުރުން އެއް މަހަށް މަނާކޮށްފި އެެވެ.
Advertisement

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ފިޔާޒު ފުރުން މަނާކުރަނީ އޭނާ ފުރައިގެން ދާން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަކަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. މައްސަލައިގައި ލިބިފައިވާ ހަމައެކަނި ހެއްކަކީ ވެސް މި ބުނާ އިންޓެލިޖެންސް ރިޕޯޓެވެ.

ފިޔާޒު ފުރުން މަނާކޮށްފައި ވަނީ މިއަދުން ފެށިގެން ޖުލައި 26، ގެ ނިޔަލަށެވެ. އެއީ ތިން މަހުގެ މުއްދަތެކެވެ. އަދި އޭނާގެ މައްސަލަ ބަލަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ކަމަށް އަމުރުގައިވެއެވެ.

"އަދަދު" ނޫހުން "އައިޝާ" ގެ ނަމުގައި ހެދި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީހަށް ފުލުހުން ވަދެ މިރޭ ވަނީ ފާސްކުރަން ފަށައިފަ އެވެ. 

ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކުރަން ފަށާފައި މިވަނީ އެ ނޫހުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ޑޮކިއުމެންޓްރީއެއް އާންމުކޮށްފައި ވަނިކޮށެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވަނީ ޑޮކިއުމެންޓްރީގައި ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ފުލުހުންނަށް ބަލާ ފާސް ކުރަން ކޯޓުން ދީފައިވަނީ، 72 ގަޑިއިރެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދަނީ، ކޯޓު އަމުރުގައިވާ ގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ.

"އަދަދު" އިން ބުނީ މިިދިޔަ މާޗް މަހު ދެއްކި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީހަށް ފުލުހުން ވަދެ ފާސްކުރަމުންދަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ފުލުހުން ދަނީ އެ ނޫހުގައި ބޭނުންކުރާ އިލެކްޓްރޯނިކް އެކި އާލާތްތައް ބަލައި ސްޓްރޭޖް ޑިވައިސްތައް ފަދަ ތަކެތި ތަހުގީގުގެ ބޭނުމަށް ނަގަމުންނެވެ.

ފުލުހުން ބުނީ "ބަލަމުންދާ މައްސަލައަކާ ގުޅިގެން، "އަދަދު" ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ދަނީ ބަލައި ފާސް ކުރަމުން" ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;