ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ސްކޫލް އެތެރެއިން ދުން އަރަމުންދާ މަންޒަރު ފެނެއެވެ.
ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ފޭދޫ ސްކޫލަކީ އެ އަވަށުގެ ހަމައެކަނި ސްކޫލެވެ. އެ ސްކޫލްގައި ރޯވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
އެ ސްކޫލްގައި ޖުމްލަ 503 ދަރިވަރުން ކިޔަވަމުންދެއެވެ. އަދި 68 މުދައްރިސުންނާއި އިދާރީ 26 މުވައްޒަފަކު ސްކޫލްގައި މަސައްކަތް ކުރެއެވެ. އަލިފާން ރޯވިއިރު އެ ސްކޫލްގައި ތިބި ދަރިވަރުންނާއި މުވައްޒަފުންގެ އަދަދެއް އަދި އިނގިފައެއް ނުވެއެވެ. އެހެންނަމަވެސް އަލިފާން ރޯވުމުން ސްކޫލްގެ ކްލާސްރޫމްތަކުންނާއި ސްކޫލްގެ އިދާރީ މުވައްޒަފުން ތިބޭ ބައިތަކުން މުވައްޒަފުންނާއި ދަރިވަރު ސްކޫލުން ވަނީ ނެރެފައިކަމަށް މައުލޫމާތު ލިބެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;