އެސްޓީއޯގެ މިދިޔަ ހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ބައްދަލުވުން އޮންނާނީޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގަ އެވެ.
އެ ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހުގެ 27 ގެ ނިޔަލަށް އެސްޓީއޯގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ މެންބަރުންނަށެވެ.
އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 16.68 ބިލިއަން ރުފިޔާ ލިބުނެވެ.
ހިންގުމުގެ ހަރަދު ނިސްބަތުން ދަށްވި ނަމަވެސް، ޖުމްލަ އާމްދަނީ ދަށްވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ އެސްޓީއޯ ގްރޫޕަށް ވަނީ 1.18 ބިލިއަން ރުފިޔާ ލިބިފަ އެވެ. ފައިނޭންސް ކުރުމުގެ ހަރަދު 16 ޕަސެންޓުން ދަށްވުމާއިއެކު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ވަނީ 962 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލާއިރު ހަތަރު ޕަސެންޓުގެ ކުރިއެރުމެކެވެ.
ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް 785 މިލިއަން ރުފިޔާ ލިބުނެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލާއިރު ދެ ޕަސެންޓުގެ ކުރިއެރުމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;