ads
އީޝާ އާއި ކުރީގެ ޕީޖީ ޝަމީމް
ޑޮކިއުމެންޓަރީ މައްސަލާގައި އީޝާގެ ވަކީލަކަށް ކުރީގެ ޕީޖީ ޝަމީމް
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލައިގައި އިޝާ އަޝްރަފުގެ ގާނޫނީ ވަކީލަކަށް ވުމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ނިންމަވައިފިއެވެ.
Advertisement

މިދިޔަ މަހު ފަހުކޮޅު އާންމު ކުރި އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައި ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން އަދަދު ނޫހަށް ފުލުހުން ވަދެ އެތަނުގެ ސާމާނުތައް ވަނީ ގެންގޮސްފައެވެ. އަދި އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ވަނީ ތިން މަސްދުވަހަށް ހިފަހައްޓާފައެވެ. އަދި އެ ދެ މީހުން މިއަދު ފުލުހުންގެ މަރުކަޒަށް ހާޒިރުވާން ވަނީ އަންގާފައެވެ.  

އެ މައްސަލާގައި، ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރި އީޝާ އަޝްރަފުގެ ޕާސްޕޯޓް އިއްޔެ ވަނީ ކޯޓް އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައެވެ. އެނގިފައިވާ މި މައްސަލައިގައި އީޝާގެ ފަރާތުން ވަކާލާތު ކުރައްވަން ކުރީގެ ޕީޖީ ޝަމީމް ވަނީ ނިންމަވާފައެވެ.

ޝަމީމް ވިދާޅުވީ ދިފާއީ ވަކީލެއްގެ ޒިންމާއަކީ އިންސާފުވެރި ތަހުގީގެއް އަދި އިންސާފުވެރި މަރުހަލާތަކެއް ކަޑައްތުކުރާކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އެހެންކަމުން އެކަމުގައި މަސައްކަތް ކުރައްވާނެކަމަށް ޝަމީމް ވިދާޅުވިއެވެ. 

އީޝާ ޕާސްޕޯތް ހިފަހައްޓަން ކޯޓުން ނެރުނު އަމުރުގައި ވަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އީޝާގެ ޕާސްޕޯޓް އަދި ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމަށް އަމުރުކޮށްފައެވެ. އަމުރުގައި ބުނެފައިވަނީ  އަދަދު ނޫހުން ގެނެސްސިން އައިޝާ ޑޮކިއުމެންތްރީ އުފެއްދުމުގައި އިޝާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭކަމަށެވެ. އަދި އޭނާ ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.  

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;