ads
ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު: ސައީދަށް ޓިކެޓު ދޭން ޕީއެންސީން ވަނީ ނިންމައިފައި - ފޮޓޯ: ޕީއެންސީ
ބައި-އިލެކްޝަނުގައި ޕީއެންސީގެ ކެންޑިޑޭޓަކީ ސައީދު
އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، ޕީއެންސީގެ ޓިކެޓު ލިބިވަޑައިގެންނެވި ކުރީގެ މެންބަރު މުހައްމަދު ސިނާން (ސިނާ)، ބައި-އިލެކްޝަންގައި ވާދަ ނުކުރަން ނިންމެވުމުން، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ)އަށް އެ ޕާޓީގެ ޓިކެޓު ދޭން ޕީއެންސީން މިއަދު ނިންމައިފި އެވެ.
Advertisement

މިކަން ހާމަކޮށްފައިވަނީ ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމެވެ. މިއަދު ބޭއްވި ބައްދަލުވުމުގައި ސައީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޝިޔާމް ވިދާޅުވީ ޕާޓީގެ ސަޕޯޓަރުން ވެސް އެދޭ ގޮތަކީ ޕްރައިމަރީގައި ވާދަކުރި ސައީދަށް ޕާޓީގެ ޓިކެޓު ދިނުން ކަމަށެވެ.

"މި އިންތިހާބުގައި އެއީ ޕާޓިގެ ކެންޑިޑޭޓުކަމަށް ކަނޑައެޅިގެން ކުރިއަށް ދިޔުމަކީ ޕާޓީއަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތިއްޔާ އެކީގައި ސައީދާ އެކީގައި މި އިންތިހާބަށް ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރަން މިއޮތީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.

ސިނާނަށް ގޮނޑި ގެއްލުނީ، އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12ގައި ކަނޑައެޅުމާ ގުޅިގެންނެވެ.

މި ބައި-އިލެކްޝަންގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އިތުރު މީހަކު ކުރިމަތިލާފައިނުވާތީ، ސޯދިގަށް މި ޓިކެޓް ލިބިފައިވަނީ ޕްރައިމަރީއަކާ ނުލަ އެވެ.


މީގެ ކުރިން އެ މުއްދަތު އޮތީ މިއަދުގެ ނިޔަލަށެވެ. ނަމަވެސް މިހާރު އީސީން ވަނީ ބައި-އިލެކްޝަނުގައި ވާދަކުރުމުގެ ފުރުސަތު އަންނަ މަހުގެ 2އާ ހަމައަށް އިތުރުކޮށްފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;