ޑައިރެކްޓަރު މުހައްމަދު ހިލްމީ 35 އަހަރަށް ފަހުން ނެރުނު މި ފިލްމުގެ ލީޑް ރޯލް އަދާކޮށްފައިވަނީ މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު “ލިލީ” އިން ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ހޯދި ޒުވާން ބަތަލާ އައިޝާ އަލީއެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހިމެނޭ މުހިއްމު ރޯލްތަކުން ފެނިގެން ގޮސްފައިވަނީ އަހްމަދު ޝާރިފްއާއި ނުޒުހަތު ޝުއައިބު (ނުޒޫ)ގެ އިތުރުން އަހްމަދު އީސާ (އާނަންދު)އެވެ.
މި ފިލްމަކީ މަންމައަކާއި އަންހެން ދަރިއަކާއި ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. އެގުޅުން އެނބުރިގެންދާ ގޮތާއި އޭގައިވާ ހަގީގަތް ބަލާލަން ފިލްމު ނިމެންދެން ކެތްކޮށްލަން ޖެހެއެވެ. ވަރަށް ކުރިން ލިޔެފައި އޮތް ސްރިޕްޓަކަށް އުފްއަދާފައިވާ ފިލްމު ގެނެސްދީފައިވަނީ އެ ސްކްރިޕްޓް ޒަމާނަށް ފައްތައިގެންނެވެ.
މި ފިލްމުގެ ވާހަކަ ލިޔެ ، ޕްރޮޑިއުސްކޮށް ޑައިރެކްޓުކޮށްފައިވަނީ މުހައްމަދު ހިލްމީއެވެ. ފިލްމުގައި ހިމެނޭ ލަވަތަކުގެ ޅެން ހައްދަވާފައިވަނީ ހިލްމީގެ މަންމާފުޅު އައިމިނަތު ފާއިޒާ (ޑެއިޒީމާ) އެވެ. ޑައިރެކްޓަރު ހިލްމީ އަކީ ކުރީގެ ވަަރަށް މަޝްހޫރު ފިލްމެއް ކަމަށްވާ 1993 ގެ "އިހްސާސް" އާއި "ޗުއްޓީ" ގެ ވެސް ޑައިރެކްޓަރެވެ.
މި ފިލްމުގެ ޝޯތައް އަންނަމަހުގެ 2 ވަނަ ދުވަހާއި ހަމައަށް އޮލިމްޕަހުގައި ދައްކަން ވަނީ ހަމަޖެހިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;