ads
މިދިޔަ މަހު ފުލުހުންނަށް 800 ވުރެ ގިނަ މައްސަލަ، ވައްކަން ވަރަށްް ގިނަ
މިދިޔަ މަހު ފުލުހުންނަށް 800 ވުރެ ގިނަ މައްސަލަ ހުށައަޅާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
Advertisement

ދިވެހި ފުލުހުންގެ ހިދުމަތުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ވަނީ 874 މައްސަލައެއް ހުށައަޅާފައެވެ. 

ފުލުހުންގެ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެންމެ ގިނައިން ހުށައަޅާފައިވަނީ އެކްސިޑެންޓްތަކުގެ މައްސަލައެވެ. އެގޮތުން ފުލުހުންނަށް ރިޕޓްކުރި 240 މައްސަލައަކީ އެކްސިޑެންޓްތަކާ ގުޅުންހުރި މައްސަލަތަކެވެ. 

ދެވަނައަށް އެންމެ ގިނައީ ވައްކަމުގެ މައްސަލައެކެވެ. މިދިޔަ މަހު ވައްކަމުގެ 236 މައްސަލައެއްް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ދެން އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލައެވެ. މިދިޔަ މަހު އެކަނިވެސް މަސްތުވާތަކެތީގެ 169 މައްސަލައެއް ހުށައަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މީގެއިތުރުން އެއްޗެހި ގެއްލިގެން 75 މައްސަލައަކާއި އަނިޔާ ކުރުމުގެ 37 މައްސަލައަކާއި މުދަލަށް ގެއްލުން ދިނުމުގެ 37 މައްސަލަ ހުށައަޅާފައިވާކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ. އަދި ޖިންސީ ގޯނާގެ 24 މައްސަލައަކާއި ގެވެށި އަނިޔާގެ 22 މައްސަލައަކާއި މަކަރާއި ހީލަތް ހެދުމުގެ 16 މައްސަލައަކާއި ފޭރުމުގެ 16 މައްސަލައަކާއި  ފޯޖް ކުރުމުގެ 2 މައްސަލައެއްވެސް މިދިޔަ މަހު ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;