ބޭންކުން ބުނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް ހަރުދަނާކޮށް، އެކަން ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމިކަމަށެވެ.
އެގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިމިގްރޭޝަން އާއިއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަން އާއި އެކު، ރާއްޖެއިން ބޭރުގައި ޕީ.އޯ.އެސް އަދި އޭ.ޓީ.އެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް، ހަމަ އެކަނި ރާއްޖެއިން ބޭރުގައި ތިއްބަވާ އިރު އެކްޓިވް ވާގޮތަށް ހަމަޖެއްސުން ހިމެނޭކަމަށެވެ. އެ ބަދަލާއިއެކު ރާއްޖޭގައި ތިއްބަވާ ބޭފުޅުންގެ ކާޑު (ކާޑުގެ ވެރިފަރާތާއި ނުލައި) ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭގޮތް ހަމަޖެހިގެންދާނެކަމަށް ބޭންކުން ބުނެއެވެ.
ބޭންކުން އަޅަން ނިންމި ފިޔަވަޅުތައް
ބީއެމްއެލް އިން ބުނީ އީކޮމާސްގައި މަހަކު 30 ޓްރާންސެކްޝަން އަށް ވުރެގިނައިން ބޭނުންކުރަނީ ކަސްޓަމަރުންގެ 3 އިންސައްތައަށް ވުރެ މަދު އަދަދެއްކމަށެވެ. އަދި އެއީ މުދާގަންނަ ސައިޓްތަކުގައި ބޭނުންކުރާ ފަރާތްކަން ވެސް ބޭންކުން ފާހަގަކުރެއެވެ.
ޑޮލަރު އެކައުންޓް ތަކަށް ދޫކުރެވިފައިވާ ކާޑުތަކުން ވަކިން ކަނޑައެޅޭ ފޮރިން ސްޕެންޑް ލިމިޓަކާއި ނުލައި ބޭނުންކުރެވޭނެކަމަށް ބީއެމްއެލްއިން ހުނެއެވެ.
ގިނަ ކްރެޑިޓް ކާޑުތައް ގެންގުޅުއްވާ ފަރާތްތަކަށް ހުރިހާ ކާޑުތަކުން ވެސް ބޭނުން ކުރެވެނީ އެ ކަސްޓަމަރަށް މަހަކަށް ކަނޑައެޅިފައިވާ ޖުމްލަ ލިމިޓެއް ކަމަށްވާތީވެ، އެއް ކްރެޑިޓް ކާޑަށްވުރެ ގިނަކާޑު ގެންގުޅުއްވާ ފަރާތްތަކަށް ހަމަ އެކަނި އެއްކާޑަށް އަހަރީ ފީނެގުން. އިތުރުކާޑުތަކަށް އަހަރީފީ ނުނަގާގޮތަށް ހަމަޖެއްސިކަމަށްވެސް ބޭންކުން ބުނެއެވެ.
މީގެއިތުރުން ޓީޓީ ތަކަށް ބޭރު ފައިސާ ވިއްކުން ބޭންކް ހުޅުވިފައި ހުންނަ ގަޑިއަށް ހަމަޖެއްސުމާއި ބޭރު ފައިސާ އެ ޓީޓއަކަށް ހަމަޔަށް ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތައް ވެސް ހިމަނައިގެން ހުރިހާގަޑިއެއްގައި ފޮނުވޭނެކަށްވެސް ބީއެމްއެލް އިން ބުނެއެވެ. އަދި ޓީޓީ ތައް ސްޕްލިޓްކޮއްގެން ފޮނުވާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް ކަޑައެޅިފައިވާ ލިމިޓްގެ ތެރެއިން ބޭރު ފައިސާ ވިއްކުން ވެސް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނޭކަމަށް ބޭންކުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;