އެމަނިކުފާނުން މިހެން ގޮވާލެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ސާލިހް ވިދާޅުވީ ތެރިވެރިކަމާއި އިހްލާސްތެރިކަމާއި އެކު މަސައްކަތްކުރާ ދިވެހި ނޫސްވެރިންނަށް ސެލިޔުޓް ކުރައްވާ ކަމަށެވެ.އަދި މިނިވަން ނޫސްވެރިކަމަކީ ރާއްޖޭގެ ފައްކާވަމުން އަންނަ އަންނަ ޑިމޮކްރަސީއަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށްވެސް އިބޫ އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.
ރައީސް ސާލިހް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ނޫސްވެރިކަމުގެ އިންޑެކްސްގައި ހޯދި ކާމިޔާބީތައް ފާހަގަކުރައްވާފައެވެ.
ރައީސް ސާލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ނޫސްވެރިންނަށް މިނިވަންކަން ދިން ނަމަވެސް މިހާރުގެ ސަރުކާރުން ފެންނަނީ ނޫސް އިދާރާތަަކަށް ފުލުހުން ވައްދާ ރެއިޑްކުރުމާއި، އެޑިޓަރުން ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމާއި ހަގީގަތް ފޮރުވަން ގާނޫނުތައް ހަތިޔާރަކަށް ހަދަން މަސައްކަތް ކުރާތަންކަމަށެވެ. އެހެންނަަވެސް އެ ބިރުދެއްކުންތަކަށް ފުރުސަތު ނުދީ ނޫސްވެރިން ހިތްވަރާއި ސާބިތުކަމާއި އެކު މަސައްކަތް ކުރުމަށް ރައީސް ސާލިހް ވަނީ ގޮވާލައްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;