މ. ރަތްމަންދޫގައި ދިރިއުޅޭ މީހުން، ކ. ތުލުސްދޫއަށް ބަދަލުކުރަން ބޭނުންވާ 44 ގޯތި އަޅަން ބޭނުންވާ ބިން އެ ރަށުގެ ކައުންސިލުން މިހާރު ވަނީ ހަމަޖައްސާދީފައެވެ.
މިއަދު ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ވ. ރަކީދޫއާއި މ. ރަތްމަންދޫ މީހުން ތުލުސްދޫއަށް ބަދަލުކުރަން ނިންމާފައިވާ ނިންމުން އެގޮތަށް ކުރިޔަށްދާކަމަށެވެ. އެހެންނަމަވެސް އެރަށްތަކުގެ މީހުން ތުލުސްދޫއަށް ބަދަލުކުރެވޭނެ ތާރީހެއް މިނިސްޓަރު ވިދާޅުވިއެވެ.
މުއްތަލިބް ވިދާޅުވީ ވ. ރަކީދޫއާއި މ. ރަތްމަންދޫ މީހުން ތުލުސްދޫއަށް ބަދަލުކުރާތީ ތުލުސްދޫ މީހުންނަށް ގޯތި ބޭނުންވާކަމަށެވެ. އެގޮތުން ތުލުސްދޫ މީހުންނަށް އެރަށުން ގޯތި ދިނުމަށް 30 ހެކްޓަރު ބިން ހިއްކަން ނިންމާފއިވާކަމަށްވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ. އެހެންނަމަވެސް އެ މަސައްކަތް ފަށާނެ ވަކި ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
މ. ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުވާން އެދޭ ނަމަ އެ ބަދަލުވާ ރަށެއްގައި ގެ އަޅަން ފަށާތާ އަހަރެއްގެ ތެރޭ އެންމެން ބަދަލުކޮށް ދީ ނިންމާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުކުރާނީ ތިން ކޮޓަރީގެ ގެއެއް އަޅާދިނުމަށްފަހުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަދަލުވާ އާއިލާތަކަށް މިހާރު ދެމުން އަންނަ 50000 ރުފިޔާގެ ފައިސާގެ އަދަދުވެސް ބޮޑުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;