ads
ދިރާގުން ފެށި ޕްރޮމޯޝަންގެ ޕޯސްޓަރެއް: އަޟްހާ އީދަށް ހާއްސަކޮށްގެން ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި - ފޮޓޯ/ދިރާގު
ދިރާގުން ބޮޑު އީދަށް ރިސޯޓު ދަތުރުތަކެއް ދޭ ޕްރޮމޯޝަނެއް ފަށައިފި
މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި، ދިރާގުން މި އަހަރުގެ އަޟްހާ އީދާ ގުޅުވައިގެން ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ކަމަށްވާ "ބޮޑު އީދަށް، ރިސޯޓަށް" ތައާރަފުކޮށްފި އެވެ.
Advertisement

މި ޕްރޮމޯޝަންގެ ދަށުން ރިސޯޓު ދަތުރެއް ކާމިޔާބު ކުރުމުގެ ރަނުގެ ފުރުސަތު ދިރާގު ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.

ދިރާގުން ބުނީ އީދު ބަންދަކީ އާއިލާ އާއި ރަހުމަތްތެރިންނާއެކު އީދު ފާހަގަކުރުމަށް އެކުގައި އެކި ތަންތަނަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، އެ ޕްރޮމޯޝަން ހާއްސަކޮށްފައި ވާނީ ނަސީބުވެރި ކަސްޓަމަރުންނަށް ހިތްގައިމު ރިސޯޓް ޗުއްޓީއެއް ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. 

އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވަނީ ހުޅުވާލައިފަ އެވެ. އަދި އެ ޕްރޮމޯޝަނަށް އެންރޯލް ކުރެވޭނީ 100ރ. އިން މަތީގެ އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރުމަށްފަހު، ދިރާގު އެޕް މެދުވެރިކޮށް، "ބޮޑު އީދަށް ރިސޯޓަށް" ބެނާއަށް ފިއްތާލައިގެންނެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 3 ނަސީބުވެރިއަކަށް މި ހާއްސަ އިނާމު ލިބިގެންދާއިރު، ކޮންމެ ހަފްތާއަކު އެއް ނަސީބުވެރިއަކު ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިމަހުގެ 3 އިން 23 މެއިގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންއިން ހޮވޭ ކޮންމެ ނަސީބުވެރިއަކަށް 1,000 ޑޮލަރުގެ އަގުހުރި ރިސޯޓު ޗުއްޓީއެއް ދޭން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

ދިރާގުގެ މަގުސަދަކީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، އީދު ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު އަދި ފައިދާކުރަނިވި ތަޖުރިބާތަކެއް ފޯރުކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;