ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ގާތްގަނޑަކަށް 1.8 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި ދެ އަންހެނުންނަކީ އަލްޔާ ޝަރްސާ ނަސީރު 25އ، ގ. މުތީގެއާގެ, އަދި އާމިނަތު ރޫނާ، 29އ، ބިޖިލީއުފާ ކ. ތުލުސްދޫއެވެ. ދިފާއުގައި ބޮޑީކެމް ރިކޯޑިން ހޯދަން އެދުނީ އާމިނަތު ރޫނާއެވެ.
އާދިއްތަ ދުވަހު މި ދެ މީހުންގެ ބަންދު މުއްދަތު އިތުރު 25 ދުވަހަށްވަނީ ޖަހާފައެވެ. ރޫނާގެ ދިފާއަށް ބޮޑީކެމްގެ ރިކޯޑިން ހޯދަން އެދިފައިވާކަން ބަންދު އަމުރުގައި ބަޔާންކޮށްފައިވާއިރު، އަލްޔާއަކީ ޑިޕްރެޝަންއަށް ފަރުވާ ހޯދާ މީހެއް ކަމަށް އޭނާގެ ބަންދު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;