ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދެވި ޝިރްނާ އެންސްޕާގެ ސީއީއޯގެ މަގާމަށް ހަމަޖެއްސުމާ ގުޅިގެން މިނިސްޓްރީން އޭނަ އަށް މަރުހަބާ ކިޔައި ކާމިޔާބީ އަށް ވެސް އެދިފައިވެ އެވެ.
ވެލްފެއާ އެޖެންސީގެ ސީއީއޯގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި ހީނާ ވަލީދު މި މަހު މިނިސްޓަރުކަމަށް އައްޔަނުކުރުމާއި ގުޅިގެން ނެވެ. މިހާރު ހީނާ އަކީ ހެރިޓޭޖް މިނިސްޓަރެވެ.
ޝިރްނާއަކީ ސިއްހީ ދާއިރާގައި ވަރަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، އޭނާއަކީ ނަރުހެއްގެ ގޮތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ނަރުހެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރު، ބަލިމީހުންނަށް ސީދާ ފަރުވާ ދިނުމުގައާއި، ހޮސްޕިޓަލްތަކުގެ އެކި ޑިޕާޓްމަންޓްތަކުގައި އޭނާ ވަނީ ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. މީގެ އިތުރުން، ތައުލީމީ ގޮތުން ބަލާއިރު، ޝިރުނާ ވަނީ ހެލްތު ދާއިރާއިން ދެ މާސްޓާސް ޑިގްރީ ހާސިލުކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;