އައިޝާ' ގެ ނަމުގައި މިދިޔަ މަހު އަދަދު ނޫހުން އުފެއްދި ޑޮކިއުމެންޓްރީގެ މައްސަލައިގައި މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ތޭ ފުލުހުން ވަނީ ެެ ނޫހުގެ އޮފީހަށް ވަދެ ބަލާ ފާސްކޮށްފައެވެ. އަދި އެނޫހުގައި މަސައްކަތް ކުރާ ކޮމްޕިއުޓާ ސިސްޓަމްތަކާއި ލެޕްޓޮޕްތަކާއި އެނޫންވެސް ބައެއް އިލެކްޓްރޯނިކް ސާމާނުތައް ފުލުހުން ވަނީ ގެންގޮސްފައެވެ.
މި މައްސަލާގައި ކޯޓުް ނެރުނު އަމުރެއްގައި ވަނީ އަދަދު ނޫހުން ހިފެހެއްޓި ތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި ތަހުގީގަށް 4 މަސް ދުވަހަށް ބެހެއްޓުމަށް ހުއްދަ ދީފައެވެ. އަދި އެ ހުރީހާ އެއްޗެއްގެ ޕާސްވޯޑް ފުލުހުންނަށް ދިނުމަށްވެސް ކޯޓުން ވަނީ އަދަދުގެ ނޫހުގެ މައްޗަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބުނީ އަދަދު ނޫހުން ގެންދިޔަ އެންމެހާ ތަކެތި ބަލާ ފާސްކުރަން ޖެހޭނީ މީޑިއާ ކޮމިޝަނުން ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައިކަމަށެވެ. އަދި އެތަކެތީގައި ހުރި މައުލޫމާތުގެ ސިއްރުކަން ހިފަހައްޓާ ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;