ads
ނަޝީދު އަދި ފައްޔާޒު
ޗެއާޕާސަން އިންތިހާބު ހުއްޓުވަން ކޯޓަށް ދިޔައީ ނަޝީދު ފެކްޝަނަކުން ނޫން
އެމްޑީޕީގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް މިއަދު ހުށަހެޅި މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އެގޮތަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުން ކުށްވެރިކުރާ ކަމަށް ކެމްޕެއިންގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.
Advertisement

ނަޝީދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާދަކުރައްވާ ވާދަވެރި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބާތިލްކުރަން ކޯޓަށް ހުށަހެޅުއްވީ ވަކީލް އަބްދުﷲ ޝާއިރު އެވެ. އެ މައްސަލައިގައި ބުނެފައިވަނީ އިންތިހާބަށް ކޮށްފައިވާ އިއުލާނަކީ ނަޝީދުގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އިއުލާނެއް ކަމަށެވެ.

ވަހީދު ވިދާޅުވީ ކޯޓަށް ދިޔައީ ނަޝީދުގެ ފަރާތުން ނޫން ކަމަށާއި އެ ޓީމުން އެދެނީ އިންތިހާބު އަވަސް ކުރުމަށް ކަމަށެވެ.

"މި ކެމްޕޭނުގެ ފަރާތުން އެދެނީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ފުރުސަތު ޕާޓީގެ އާންމު މެންބަރުންނަށް ލިބުން،" ވަހީދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;