ads
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ދަރަނި ނަގަނީ އިންތަކުން ބޭރުން، ރުފިޔާގެ އަގު އިތުރަށް ވެއްޓުމުގެ ބިރު ބޮޑު: އޮޑިޓް
ރާއްޖެއިން ބޭރުން ހޯދަންޖެހޭ ދަރަނި ނުލިބޭ ކަމަށާއި އެކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓިދާނެކަމުގެ ބިރު އެބައޮތް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
Advertisement

ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ދެމެހެއްޓެނިވިކަމުގެ ސިޔާސަތު 2025-2027 އާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ މާލީ ސިޔާސަތުތަކާއި ދަރަނި ނެގުމުގެ އިންތަކާ ހިލާފަށް އަމަލުކުރަމުން އަންނަކަން ފާހަގަކޮށްފައެވެ. 

އެގޮތުން މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި ވެސް ދަރަނި ނަގަން ކަނޑައަޅާފައިވާ މިންވަރަކީވެސް ދަރަނީގެ ސިޔާސަތުގައި ކަނޑައަޅާފައިވާ މިންވަރާ ވަރަށް ބޮޑަށް ތަފާތު އަދަދުތަކެއްކަން އޮޑިޓް ރިޕޯޓުގައިވެއެވެ. އަދި އޭގެފަހުން ބަޖެޓު ފާސްކުރުމަށް ފަހު ސަރުކާރުން ނިންމި ނިންމުންތަކުގެ ސަބަބުން ދަރަނީގެ ސިޔާސަތާ ހިލާފުވެފައިވާކަމަށްވެސް އެ ރިޕޯޓްގައިވެއެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ ބިރު އޮތްކަން ފާހަގަކޮށް އެކަމުގެ އިންޒާރު އޮޑިޓް އޮފީހުން ވަނީ ދީފައެވެ. 

ބޭރުގެ ބާޒާރުން ބޮޑު އިންސައްތައެއްގެ ދަރަނި ހޯދަން ރޭވި ނަމަވެސް މިދިޔަ އަހަރާއި 2024 ވަނަ އަހަރުވެސް އެ ދަރަނި ލިބިފައި ނުވާކަން އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. އަދި މިދިޔަ ދެ އަހަރުވެސް ބޭރުގެ ދަރަނި ނުލިބި ދަރަނި ނަގަން ޖެހުނީ އެތެރޭގެ ބާޒާރުންކަންވެސް އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. ރާއްޖޭގެ ބާޒާރުން ދަރަނި ނަގާ މިންވަރު އިތުރުވުމަކީ ނުރައްކަލެއްކަން ފާހަގަކޮށް އޮޑިޓް އޮފީހުން ބުނީ އެ ދަރަނިތައް ނުދެއްކިއްޖެ ހާލަތެއްގައި ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ބޭނުންކުރަން ޖެހިދާނެ ކަމަށެވެ. 

އެހެންކަމުން އެކަމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވަށް އޮތް ޕްރެޝަރު އިތުރަށް ބޮޑުވެ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިދާނެކަމުގެ އިންޒާރުވެސް އޮޑިޓް ރިޕޯޓްގައިވަނީ ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;