އެޗްއާރްސީއެމުން މިކަން ހާމަކޮސްފައިވަނީ އެ ކޮމިޝަނުން ނެރުނު ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ގެ އަހަރީ ރިޕޯޓްގައެވެ.
މިދިޔަ އަހަރުގެ އެ ރިޕޯޓްގައިވާ ގޮތުން ދޫނިދޫގައި ބަންދުކުރާ މީހުން އަމުރަށް ނުކިޔަމަންތެރިވުމުން އެ ގައިދީން އެކަހެރިކޮށް، ބިޑިއަޅުވާ ކަސްޓޯޑިއަލްގެ ހިނގާ ކަސްރަތުކުރާ ސަރަހައްދުގައި ހުންނަ ކޮއްޓެއްގައި ބަހައްޓާކަމަށެވެ. އަދި އެ ކޮށި ހުންނަނީ ހިޔާ ނުލިބޭ، އަވިބާރު ސަރަހައްދެއްގައިކަންވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އެއީ މެންދުރު ވަގުތު ވަރަށް ހޫނުވާ ތަނެއްކަން ފާހަގަކޮށް ބައެއް ފަހަރު ބަންދު މީހުން އަތާއި ފައިގައި ކްލިޕް ބިޑި އަޅުވައި ކުނަލެއް މަތީ އެތައް އިރުތަކެއް ބާއްވާާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓްގައިވެއެވެ. އަދި އެހެން ތިބޭއިރު ނަމާދު ކުރުމަށާއި ފާހަނާ ކުރަން ފުރުސަތު ދޭ ކަމަށް އޮފިސަރުން ބުންޏަސް، އެކަން ލޮގް ކޮށްފައި ނުވާ ކަމަށްވެސް އެޗްއާރުސީއެމުން ބުނެއެވެ.
މީގެއިތުރުން ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ކުރި ޒިޔާރަތުގައި، ސްޓޭޝަނުގައި ބަންދުގައި ހުރި މީހަކު ވަޔަލަންޓުވެ، ކާތަކެތި ހިފައިގެން އަންނަ ބިދޭސީ މީހާ ގައިގައި ޖެހުމުން، ބަންދުމީހާ ހަތް ދުވަހުގެ މުއްދަތަކަށް އެކަހެރިކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓްގައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;