ads
އެމްްޓީސީސީގެ ޓެކްްސީ
ޑްރައިވަރުން ހޯދަން އެމްޓީސީސން އަނެއްކާވެސް ވޯކް-އިން އިންޓަވިއތަކެއް
ޓެކްސީލައިނަށް ޑްރައިވަރުން ހޯދަން އަނެއްކާވެސް ވޯކިން-އިންޓަވިއުއެއް ބާއްވަން އެމްޓީސީސީއިން ނިންމައިފި އެވެ
Advertisement

މާލެ ސަރަހައްދަށް ސަރުކާރުން ތައާރަފުކުރި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށީ މިދިޔަ ކައުންސިލް އިންތިހާބާއި ދިމާކޮށް ވޯޓްގެ ދެ ދުވަސް ކުރިން އެލްރިލް މަހުގެ 2 ވަނަ ދުވަހުއެވެ. ހ

އެމްޓީސީސން އިން ބުނީ އިންޓަވިއު އޮންނާނީ އަންނަ ބުރާސްފަތިދުވަހު  މާފަންނު ބަސް ޓާމިނަލުގައި ކަމަށެވެ. އެއީ ހެނދުނު 10 އިން މެންދުރު 12:00 ޖަހަންދެންކަމަށް އެމްޓީސީސީން ބުނެ އެވެ. 

ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ނަގާއިރު، މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އެމްޓީސީސީން ކުރިން ވަނީލ ބުނެ އެވެ. އެގޮތުން 269 ފަރާތަކާއި އިންޓަވިއުކޮށްފައިވާކަމަށް އެމްޓީސީއިން ބުންޏެވެ.

ސަރުކާރުގެ ޓެކްސީ ލައިންގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ހިދުމަތަކީ 24 ގަޑިއިރު ދޭނެ ހިދުމަތެކެވެ. މި ހިދުމަތް ދޭން ހަމަޖެހިފައިވަނީ، މިކަމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާއާއި ގްރޭބް ފަދަ ިހދުމަތްތަކުގެ ސްޓައިލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;