ads
އީޝާ އަޝްރަފް
ހުރިހާ ވާހަކައެއްް ކިޔާދޭން މިއަދު އިޝާ އަނެއްކާ ފުލުހަށް ދަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލައިގައި ޕާސްޕޯޓު ހިފަހައްޓާފައިވާ އީޝާ އަޝްރަފް މިއަދު އަނެއްކާވެސް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
Advertisement

އިޝާ މިއަދު ފުލުހުންގެ މަރުކަޒަށް ހާޒިރުވާން އަންގާފައިވަނީ ހަވީރު 4:00 އަށެވެ. މިއީ މި މައްސަލައިގެ ތަހުގީގަށް އޭނާ ފުލުހަށް ހާޒިރުކުރާ ދެވަނަ ފަހަރެވެ. ރޭވެސް އޭނާ ވަނީ މި މައްސަލާގައި ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. 

ރޭ ފުލުހުންގެ މަރުކަޒަށް ހާޒިރުވުމަށް ފަހު ނުކުމެ ނޫސްވެރިންނާއި ވާހަކަ ދައްކަމުން އީޝާ އަޝްރަފްގެ ގާނޫނޫ ވަކީލް ހުސެއިން ޝަމީމް ވިދާޅުވީ އީޝާ ވަނީ ތަހުގީގަށް އެއްބާރުލުން ދީ، ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމާފައިކަމަށެވެ. 

ޝަމީމް ވިދާޅުވީ ޑޮކިއުމެންޓްރީގައި ގެނެސްދީފައިވަނީ އީޝާގެ ވާހަކަ ކަމަށް ތުހުމަތުކުރި ނަމަވެސް އެކަމާ ބެހޭ ގޮތުން ރޭ ފުލުހުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާކަމަށެވެ. 

" އަޅުގަނޑުމެން މިތިބީ ފުލުހަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން، ތަހުގީގަށް ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ދޭން. ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުންވޭ، މިކަން ހިނގައިދިޔަ ގޮތާއި. ފުލުހުން ތުހުމަތުކުރާ ކޮންމެ ކަމެއް ފުލުހުންގެ ތަހުގީގަށް ބަޔާނެއް ތަފްސީލުތަކާ އެއްކޮށް ފޯންކޯލްތަކާއި މެސެޖުތަކާއި އެހެން ހުރިހާ ތަފްސީލްތަކާ އެއްކޮށް އަޅުގަނޑުގެ ކްލައިންޓް ބޭނުންފުޅުވޭ،" ޝަމީމް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރި އީޝާ އަޝްރަފުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލްކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ވަނި އަމުރު ނެރެފައެވެ. އެގޮތުން އޭނާގެ ޕާސްޕޯޓްވަނީ އެދުވަހުން ފެށިގެން ތިން މަސްްދުވަހުގެ މުއްދަތަށް ހިފަހައްޓާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;