ads
ބަންޑާރަ ނައިބު އަހްމަަދު އުޝާމް
ގެއްލުނު ކަނޑު ހޯދަން ބޭރުގެ ވަކީލުންނާ ހަވާލު ކުރަނީ
ދިވެހިރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު މައްސަލަ ބޭރުގެ ލީގަލް ޓީމަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވި އެވެ.
Advertisement

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ މިމައްސަލާގައި އެކުލަވާލި ޓީމުން ހެދި ދިރާސާ ކެބިނެޓަށް ހުށަހަޅައި، އެކަމުގައި ސަރުކާރުން ނިންމަވާފައިވަނީ ވަނީ މިމައްސަލަ ބައިނަލްއަޤްވާމީ އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށެވެ. 

ބަނޑާރަ ނައިބު ވިދާޅުވީ މައްސަލަ ބައިނަލްއަގުވާމީ ގާނޫނީ ޓީމަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

"ރިކޮމެންޑޭޝަންއާއި އެއްގޮތަށް އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން މިހާރު ބައެއް ޤާނޫނީ، އިންޓަނޭޝަނަލް ބައެއް ލޯޔަރސް އާއި ބައެއް އެކްސްޕާޓުންނާއި މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައި މިހާރު މިތިބީ. އަޅުގަނޑު މިވާހަކަ ދައްކާއިރުވެސް އެމަސައްކަތް ކުރިއަށްދޭ،" ބަންޑާރަ ނައިބު އުޝާމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރެވޭނެ ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ގެއްލިގެން ދިޔައީ ނިމިދިޔަ ސަރުކާރުން އެ މައްސަލާގައި އަމަލުކޮށްފައިވާ ގޮތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މި މައްސަލަ ނިމިގެ ދިޔައިރު ރާއްޖެއަށް ކަނޑުގެ ސަރަހައްދު ގެއްލި އެކަމުގައި 37 މިލިޔަން ރުފިޔާ ހޭދަވެފައިވާ ސަރުކާރުން ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;