ads
ރައީސް ސޯލިހް ނަޝީދު އަރިހުގައި ދެ ބޭފުޅުން ރާއްޖޭން ބޭރަށް ކުރެއްވި ދަތުރެއްގެ މަތީ ފްލައިޓެއް ގައި
ރައީސް ސާލިހާ ރައީސް ނަޝީދުވެސް އިންޑިއާގައި
ކުރީގެ ރައީސް އިބްރާހިމް މުހައް.ަދު ސާލިހްވެސް އިންޑިއާއަށް ވަޑައިގެންފިއެވެ.
Advertisement

ރައީސް ސާލިހްގެ ދިއްލީއަށް ވަޑައިގަތީ ރަސްމީ ދަތުރެއްގައިކަމަށް ހާމަކުރިނަމަވެސް އެ ދަތުރުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. 

ރައީސް ސާލިހް އިއްޔެ ދިއްލީއަށް ވަޑައިގެންނެވިއިރު އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދުވެސް މިވަގުތު ހުންނެވީ ދިއްލީގައެވެ. ނަޝީދު ދިއްލީއަށް ވަޑައިގެންނެވީ މެއި 6، ގަ އެވެ. އެމަނިކުފާނު ވަޑައިގަތީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމަކަށެވެ.

އެމްޑީޕީގައި މިވަގުތު އޮތް ދެ ފެކްޝަން ލީޑްކުރައްވާކަމަށް ބުނާ ސާލިހާ ނަޝީދު އެކުގައި މިވަގުތު އިންޑިއާގައި ތިއްބެވިނަމަވެސް ދެ ބޭފުޅުން ބައްދަލުކުރެއްވިކަމެއް ސާފެއް ނުވެއެވެ. 

ނަޝީދު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު 11:45 ގަ އެވެ. އަދި  އެއާޕޯޓުން ނަޝީދު ނޫސްވެރިންނާ ބައްދަލު ކުރައްވަން ވަނީ ނިންމަވާފައެވެ. 

އެމްޑީޕީގެ ޗެއާފާސަންގެ އިންތިހާބު ފޯރިގަދަޗެފައިވާއިރު ރައީސް ސާލިހާއި ރައީސް ންޝީދުގެ ފެކްޝަނުން ގެންދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;