ޤައުމީ ޔުނިވާސިޓީގެ އެގްރިކަލްޗާ އެންޑް ފުޑްސައިންސަސްގެ ނަމުގައި ފެކަލްޓީއެއް އުފެއްްދީ މިދިޔަ އަހަރުއެވެ.
މި ފެކަލްޓީގެ ޑީންއަކަށް އައްޔަންކުރެއްވީ ޝަބާއު އަކީ ދަނޑުވެރިކަމުގެ ދާއިރާ އިން މާސްޓާސް ޑިގްރީ 2007 ވަނަ އަހަރު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މާސްޓާސް ޑިގްރީ ހައްދަވާފައިވަނީ އޮސްޓްރޭލިއާގެ މެލްބަން ޔުނިވަސިޓީންނެވެ.
ޝަބާއު ވަނީ، ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ގިނަ މަގާމްތަކެއް ފުރުއްވާފައެވެ. އެގޮތުން އެގްރިކަލްޗާ ޓްރޭނީއެއްގެ މަގާމާއި ސީނިއާ އެގްރިކަލްޗާ އޮފިސަރުކަމާއި ޑިރެކްޓަރުގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގެ އިތުރުން ޑައިރެކްޓަާ ޖެނެރަލްގެ މަގާމުވެސް ޝަބާއު ވަނީ ފުރުއްވާފައެވެ.
އޭނާ އެންމެ ފަހުން ހުންނެވީ ރާއްޖެއާއި ސްރީލަންކާގައި ކުރިއަށް ގެންދިޔަ ޔޫއެސްއެއިޑްގެ ކުލައިމެޓް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ގަވާނަންސް ސްޕެޝަލިސްޓެއްގެ ގޮތުގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;