ads
ޕީއެންއެފް އިން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގެ ތެރެއިން
އިދިކޮޅުގެ މުޒާހަރާއަށް ފިޔަވަޅު އަޅަން ޕީއެންސީގެ ހުށައެޅި ގަރާރު ބަލައިގަނެ ކޮމެޓީއަށް
އިދިކޮޅު ޕާޓީތަކުން މާލޭގައި ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތައް ގާނޫނާ ހިލާފު ކަމަށް ބުނެ، އެ ހަރަކާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ގޮވާލާ ސަރުކާރު ހިންގާ ޕީއެންސީން މަޖިލީހަށް ހުށައެޅީ ގަރާރު މަޖިލިހަށް ބަލައިގެން ކޮމެޓީއަށް ފޮނުވައިފިއެވެ.
Advertisement

އެ ގަރާރު ޕީއެންސީގެ ފަރާތުން ހުށަހެޅުއްވީ، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

މި ގަރާރު ބަލައިގަންނަން ފެންނަކަމަށް 45 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. ނުފެންނަކަމަށް ވޯޓް ދެއްވީ 8 މެމްބަރުންނެވެ. 

އެ ގަރާރުގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހިލާފަށް  ބައެއް ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގައި މަސްލަހަތު ނަގާލައި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކަށް ހަރަކާތް ހިންގަމުން ގެންދާކަމަށެވެ. އަދި ގާނޫނާއި ހިލާފު ސިޔާސީ ހަރަކާތްތަކުގެ ސަބަބުން މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް އެކަމުގެ ދަތި އުނދަގޫތައް ތަހައްމަލުކުރަން ޖެހިފައިވާކަމަށެވެ. 

އެހެންކަމުން އެފަދަ ފަރާތްތަކުން ހިންގަމުންގެންދާ ގާނޫނާ ހިލާފު ކަންކަން ހުއްޓުވާ އެފަދަ ފަރާތްތަކާއި މެދު ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ގާނޫނާއި އެއްގޮތަށް ފިޔަވަޅު އެޅުމަށްވެސް ސަރުކާރު ހިންގާ ޕީއެންސީ މަޖިލިހަށް ހުށައެޅި ގަރާރުގައިވެއެވެ. 


މާލޭގައި ކޮންމެ ރެޔަކު ސިލްސިލާ މުޒާހަރާތައް ކުރަމުން އަންނަނީ އެމްޑީޕީ އާއި ޕީއެންއެފުންނެވެ. ޕީއެންއެފުން ކުރާ މުޒާހަރާތަކާއި ގުޅިގެން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ރޭ އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ދީފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;