ads
ޕީއެންއެފް އިން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގެ ތެރެއިން
ޕީއެންއެފަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީސީން ދީފި
ކުރީގެ ރައީސް އަބްދު ﷲ ޔާމީން އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓުން ކުރިޔަށް ގެންދާ ސިލްސިލާ މުޒަހާރާގައި ގާނޫނާއި ހިލާފުވަމުން އަންނަކަމަށާއި ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އެޕާޓީއާ ދެކޮޅަށް އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން މިރޭ ދީފިއެވެ.
Advertisement

ޕީއެންއެފްއާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ ހަރުކަށި އިންޒާރު އީސީން ދީފައިމިވަނީ ކަމާއި ބެހޭ އިދާރާތަކުން ޕީއެންއެފްއަށް ފިިޔަވަޅު ނާޅާކަމަށާއި ފުލުހުންވެސް އަޅާ ނުލާކަމަށް ބުނެ މުއައްސަސާތަކަށް މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު މަޖިލީހުގައި ފާޑު ވިދާޅުވެފައި ވަނިކޮށެވެ. 

އީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ޤާނޫނު ގެ 45 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެހެން ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި، ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއްކަމަށެވެ.  އެގޮތުން، ސިޔާސީ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ޤާނޫނު ނަންބަރު ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ގައި ހުއްދަކުރާ ދާއިރާގެ ތެރެއިން އަމަލުކުރުމަކީ ޤާނޫނުން ލާޒިމްކޮށްފައިވާ ކަމަށް އީސީން ބުނެއެވެ.

ހަމައެހެންމެ، ސިޔާސީ ޕާޓީއެއްގެ މެމްބަރުން ނުވަތަ އެޕާޓީއަކަށް ތާއިދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭފަދަ އަމަލެއް ކުރުމާއި އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެއް ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ސިޔާސީ ޕާޓީގެ ޤާނޫނު ގައި ބަޔާންކުރާ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ކަމަށްވެސް އީސީން ބުނެއެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީ.އެން.އެފް) އިން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ހަރަކާތްތަކުން  ޤާނޫނާ ހިލާފު އަމަލުތައް ތަކުރާރުކޮށް ކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވާކަމަށް އީސީން ބުނެއެވެ. 

އެފަދަ އަމަލުތައް ނުހިންގުމަށް ނަސޭހަތްތެރިވެ، އެކަން އެޕާޓީއަށް  ކޮމިޝަނުން އަންގާފައިވާކަމަށް އީސީން ބުނެއެވެ.  އަދި  އެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޝަނަށް ހާސިރުވުމަށް ދައުވަތު ދީފައިވީނަމަވެސް، ކޮމިޝަނަށް ހާސިރުވުމަށް ޕީ.އެން.އެފް އިން އުޒުރުވެރިވެފައިވާކަން ފާހަގަކުރާކަމަށްވެސް އީސީން ވަނީ ބުނެފައެވެ. 

" ވީމާ، އިސްވެ ބަޔާންކުރެވުނު ޢަމަލުތައް ތަކުރާރުވާނަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު މި ކޮމިޝަނުން އަޅާނެ ވާހަކަ ދަންނަވަމެވެ. އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ޕީއެންއެފް އިން ކޮންމެ ރެަޔަކު މާލޭގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެ ޕާޓި މުޒާހަރާ ކުރަމުން އަންނަނީ މަޖީދީމަގި އާޓިފިޝަލް ބީޗުކައިރީގައި ތިބެގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;