ޑޮކިއުމެންޓަރީ މައްސަލާގައި ކްރިމިނަލްކޯޓުން އިއްޔެ ވަނީ އެންމެންގެ މައްޗަށް އަމުރެއް ނެރެފައެވެ. އެ އަމުރުގައި ވަނީ މިމައްސަލާގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދައުވާ ކުރެވިގައިވާ ހާދިސާއާ ގުޅޭ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށްވެސް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ދަށުކޯޓްގެ އަމުރު ހުރިހާ ރައްޔިތުންގެ މައްޗަށް ނެރެފައިވުމުން އެކަމާއި ގުޅިގެން މިއަދު ނޫސްވެރިޔަކު ވަނީ ރައީސް މުއިއްޒާ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ކޯޓުން ނެރިފައިވާ އަމުރަށް ތަބާވުމަކީ ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމުކަމެއްކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިގައުމަށްވުރެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރަށް އޮތް ގައުމެއް އޮންނާނެކަަމަށް ގަބޫލުނުކުރައްވާކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު ނުވެވޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ކްރިމިނަލްކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގެ ޝަރީއަތް އާއްމުކޮށް ހުޅުވާލާ ސިއްރުކޮށްގެން ގެންދާތީ މައްސަލަގައި ހުށައާޅާގައިވާ ލިޔުންތަކާއި ޝަރީއަތުގެ ވާހަކަތައްވެސް ނުފެތުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަމުރުގައި ނުކުރަން އަންގާފައިވާކަމެއް ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމަށް ބެލިދާނެކަމަށްވެސް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވެއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މި އަމުރު ނެރުނީ ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރެއް ނެރެދޭން ދައުލަތުން މިއަދު އެދުމާ ގުޅިގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;