ކްރިމިނަލްކޯޓުން ލީވާން އެކޯޓަށް ހާޒިރުވާން އަންގާފައިވާ އަމުރުގައިވަނީ 10 މޭ 2026 ވަނަ ދުވަހު އަދަދު ނޫހުގައި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ނުދެއްކުމަށް ކްރިމިނަލްކޯޓުން ހުރިހާ ރައްޔިތުންނަށް އަމުރުކޮށްފި އެ ސުރުހީގެ ދަށުން ލީވާން ލިޔެފައިވާ އާޓިކަލަކީ އެ ކޯޓުން ނެރެފައިވާ 'ޝަރީއަތުގައި ހިގަމުންދާ މައްސަލައެއްގައި ވަކިގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު' އާ ހިލާފަށް ލިޔެފައިވާ އާޓިކަލެއްތޯ ބެލުމަށް ނިންމާފައިވާކަމަށެވެ.
ކޯޓުން ބުނީ ލިވާން ހާޒިރުކުރަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާއި ބެހޭ ގަވައިދުގެ 7 ވަނަ މާއްދާގެ ދަށުންކަމަށެވެ. އަދި އޭނާ ހާޒިރުކުރަނީ ތުހުމަތުކުރެވޭ ފަރާތުގެ ހައިސިއްޔަތުން މައްސަލައަށް ޖަވާބްދާރީވުމަށްކަމަށްވެސް ކޯޓަށް ހާޒިރުވާން އަނގާ ފޮނުވި ޗިޓްގައިވެއެވެ. ލީވާންއަށް ފޮނުވި ޗިޓްގައި އޭނާ ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 11:00 ޖަހާއިރުއެވެ.
އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީ މައްސަލާގައި ކްރިމިނަލްކޯޓުން އިއްޔެ ވަނީ އެންމެންގެ މައްޗަށް އަމުރެއް ނެރެފައެވެ. އެ އަމުރުގައި ވަނީ މިމައްސަލާގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދައުވާ ކުރެވިގައިވާ ހާދިސާއާ ގުޅޭ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށްވެސް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލްކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގެ ޝަރީއަތް އާއްމުކޮށް ހުޅުވާލާ ސިއްރުކޮށްގެން ގެންދާތީ މައްސަލަގައި ހުށައާޅާގައިވާ ލިޔުންތަކާއި ޝަރީއަތުގެ ވާހަކަތައްވެސް ނުފެތުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަމުރުގައި ނުކުރަން އަންގާފައިވާކަމެއް ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމަށް ބެލިދާނެކަމަށްވެސް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވެއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މި އަމުރު ނެރުނީ ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރެއް ނެރެދޭން ދައުލަތުން މިއަދު އެދުމާ ގުޅިގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;