ads
ކަސްޓަމުން އަތުލައިގަތް މަސްތުވާތަކެތި - ފޮޓޯ: ކަސްޓަމް
3 ކިލޯ ޑްރަގު ގެނައި މީހާ ބުނީ އެއީ މީހަކު ފައިސާދޭނެކަމަށް ބުނުމުން ގެނައި އެއްޗެއްކަމަށް
ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯގެ ޑްރަގު ފެނިގެން އަތުލައިގަތުމުން އެއީ މީހަކު ފައިސާ ދޭނެކަމަށް ބުނުމުން ގެނައި އެއްޗެއްކަމަށް އެމީހާ ކޯޓުގައި ބުނެފި އެވެ.
Advertisement

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ނިލަމެހިގެ ސ. މަރަދޫފޭދޫ އިސްމާއިލް ނަސީރު 45 އަހަރު އެވެ. އޭނާ ގެނައި ތަކެތި ބަލާދިޔަ ވެށި.ނ މަނަދޫ އިބްރާހިމް ޒިޔާދު 28އ ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. 

މި މީހުންގެ ކޯޓު އަމުރުގައި ވާގޮތުން މިމަހުގެ 19  ވަނަދުވަހު އެސްކިޔު ފްލައިޓުން ގެނެސްފައިވާ 03 ދާގިނާގެ މުދަލުގެ ތެރޭގައި ދޮރުވައިގެން ސިއްރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާކަމާއި 03 ދާގިނާގެ ތެރެއިން ކޮންމެ ދާގިނާއެއްގައި 04 ވެކޫމް ޕެކެޓް / ޖުމްލަ 12 ވެކޫޕް ޕެކެޓް / ފުރަތަމަ މަރުހަލާއިން ތަޙްލީލްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިސް އަށް ޕޮޒިޓިވްވެފައިވުމާއި އެކު ޖުމްލަ ބަރުދަނުގައި 3.51 ކިލޯގްރާމް ޕެކިންގާއެކު ހުރިކަމަށް  ކޯޓު އަމުރުގައި ވެއެވެ. 

⁦މި މައްސަލާގައި  ސީނަށް ދިޔަ ފުލުހެއްގެ ބަޔާންގެ ބަޔާނުގައި ބުނީ މިމައްސަލަ އާއި ގުޅިގެން ހިންގުނު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި އިސްމާއީލް ނަސީރު އާއި މުޙައްމަދު ޒިޔާދު އާއި ދެމީހުން ސައިކަލެއްގައި އައިސް އިސްމާއީލް ނަސީރު އެއެް ދާގީނާ ހިފައިގެން ދިޔުމުން ފުލުހުން ގޮސް އޭނާ ހައްޔަރުކުރިކަމަށެވެ. އަދި  އެވަގުތު މުޙައްމަދު ޒިޔާދު ހުރީ ދުރުގައި ބަލަހައްޓައިގެންކަމާއި ފުލުހުންނަށް ފާހަގަކުރެވިގެން މުޙައްމަދު ޒިޔާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.

ދާގީނާ ބަލާފާސްކުރިކުރުމުން ކަރުދާހުން ރެޕުކޮށްފައިވާ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 04 ވެކިއުޕް ފުލުހުންނަށް ދެއްކުމަށްފަހު މުޙައްމަދު ޒިޔާދު ބުނެގެން ހަވާލުވި އެއްޗެއްކަމާއި މިތަކެތި ހިފައިގެން ގެސްޓްހައުސްގެ ރޫމް 302 ގައި ބެހެއްޓުމުން ރުފިޔާދޭނަެމަށް މުޙައްމަދު ޒިޔާދު ބުނެފައިވާކަމަށްވެސް އިސްމާއިލް ނަސީރު ވަނީ ބުނެފަ އެވެ. 

.މިކަން ކޮށްފައިވަނީ ފައިސާ ދޭނެކަމަށް މީހަކު ބުނުމުން ކަމަށާއ،ި މި ތަކެއްޗާއި މީނާއާ ގުޅުމެއް ނުވާކަމަށް އިސްމާއިލް ނަސީރު ބުނެފައިވާކަމަށްވެސް ކޯޓު އަމުރުގައިވެއެވެ. މީނާގެ ކުޑަކަމުދާތަކެތި އ.ޯޕ.ީއައ،ި ޓ.ީއެޗ.ްސީ އަށް ޕޮޒިޓިވްވެފައިވާކަމަށްވެސް ކޯޓު އަމުރުގައިވެއެވެ. ކޯޓުން ވަނީ މި ދެމީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހާދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް