މިއަދު ރައީސްް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދަޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެމީހުން ކުރާ ވިޔަފާރި ހޯދުމަށް ސަރުކާެުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
އެގޮތުން ބިދޭސީއަކު ވިޔަފާރިކުރާކަމުގެ ރިޕޯޓް ލިބިގެން ގޮސް ބަލާއިރު އެ ވިޔަފާރީގެ ފަހަތުގައި ހުންނަނީ ދިވެއްސެއްކަން އެނގޭކަމަށެވެ. އެހެންކަމުން ވިޔަފާރީގެ އަސްލު ވެރިފަރާތަކި ދިވެއްސެއްކަމަށްވިޔަސް އެ ވިޔަފާތރި އަކީ ގަވައިދުން ހިންގާ ވިޔަފާރިއެއްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެހެންކަމުން އެފަދަ މައްސަލަތައް ބިޒްނަސް ކައުންސިލަށް ހުށަހަޅައި، ވިޔަފާރިވެރިންނާ މަޝްވަރާކުރުމުން ދިން ބިދޭސީން ފައިސާ މީރާ އެކައުންޓާއި ބޭންކު އެކައުންޓުތައް ދައުރުވާ ގޮތް ބެލުމަށް އެ ފަރާތްތަކުން ލަފާދީފައިވާކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިކަމަކީ ބޭންކުތަކާއި ހޯމްލޭންޑް މިނިސްޓްރީ އާއި އެމްއެމްއޭވެސް ހިމެނޭ ކަމަކަށް ވާތީ ކުއްލިއަކަށް ހައްލެއް ނުނެރެވޭނެ ކަމަށްވެސް ސައީދު މިއަދު ވަނީ ވިދާޅުވެފައެވެ.
ގަވައިދާ ހިލާފަށް ބިދޭސީން ވިޔަފާރިތައް ހިންގާ ކަމުގެ 409 ޝަކުވާއެއް މިނިސްޓްރީއަށް މިހާތަނަށް ލިބިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އޭގެ ތެރެއިން 242 ތަނެއް ބަލައި ފާސްކޮށް، 102 ތަނެއް ބަންދުކުރިކަންވެސް މިނިސްޓަރު ވަނީ ފާހަގަކޮށްފައެވެ. އަދި އޭގެތެރޭގައި ހުއްދަނޫން ވިޔަފާރި ހިންގި 57 ތަނެއް ފެނުނުކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;