އެމެރިކާގެ ޔުނިވަރސިޓީ އޮފް މިޝިގަންގެ ރިސާޗަރުން ހާމަކޮށްފައިވާ ގޮތުގައި، ޖީން އެޑިޓިންގ ތެރަޕީގެ އެންމެ ޑޯޒަކުން ނުވަތަ އިންޖެކްޝަނަކުން އެތައް ދަހަރަކަށް ދެމިގެންދާ ގޮތަށް ކޮލެސްޓްރޯލް މަތިވުމާއި ހިތުގެ ބަލިތަކުން ރައްކާތެރިކަން ފޯރުކޮށްދެވިދާނެ އެވެ.
މި ދިރާސާގެ ރިޕޯޓްތަކުން އެނގޭ ގޮތުގައި، ޖީން އެޑިޓިންގގެ މި އާ ފަރުވާގެ ސަބަބުން ކޮންމެ ދުވަހަކު އުމުރަށް ކާންޖެހޭ ލޭގެ ޕްރެޝަރާއި ލިޕިޑް ނުވަތަ ކޮލެސްޓްރޯލް ކަންޓްރޯލްކުރާ ބޭސްތައް ބޭނުންކުރުން އެއްކޮށް ހުއްޓާލުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ އެވެ. މީގެ ކުރިން ކޮންމެ ދުވަހަކު އުމުރަށް ބޭސް ކާންޖެހުނު ނަމަވެސް، މި ފަރުވާގެ ސަބަބުން އެންމެ ފަރުވާއަކުން އެތައް އަހަރެއްގެ ރައްކާތެރިކަން ހަށިގަނޑަށް ލިބިގެންދާނެ ކަމަށް ރިސާޗަރުން ބުނެއެވެ.
ޔުނިވަރސިޓީ އޮފް މިޝިގަންގެ ރިސާޗަރުން ހާމަކުރާ ގޮތުގައި، މިފަދަ ޖީން އެޑިޓިންގ ތެރަޕީތަކަކީ ހިތުގެ ބަލިތަކާއި ކޮލެސްޓްރޯލް މަތިވުމުގެ މައްސަލަތަކަށް ދެވޭ ފަރުވާއަށް ކުރިމަތިވާ ބޮޑު ކުރިއެރުމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ފަރުވާގެ ސަބަބުން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަންޖެހޭ މީހުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.