މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްްކަވަމުން މުއްތަލިބް ވިދާޅުވީ މި ސަރުކާރުން ހިންގަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މާލެ ސަރަަހައްދުން މިހާރު ލިބިފައި ހުރި ބިންތަކުގެ އެޅޭނީ 10،700 ފްްލެޓްކަމަށެވެ.
މާލޭ ސަރަހައްދުގައި މާލޭ ސަރަހައްދުގައި 12،000 ހައުސިން ޔުނިޓު އެޅޭނެ ކަމަށް މި ސަރުކާރުން ކުރިން ލަފާކޮށްފައި ވިޔަސް އެއަދަށް ބިން ނެތުމުން ބިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ. އެގޮތުން ހުޅުމާލެއިން ބިން ހޯދުމަށް އެޗްޑީސީއާ މަޝްވަރާކުރަމުން އަންނަކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މާލޭ ސަރަހައްދުގައި މިހާރު 3260 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށްދާކަމަށެވެ. އަދި އިތުރު 540 ފްލެޓެއްގެ މަސައްކަތް ފެށުމަށް ބީއެމްއެލްއިން ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިނިސްތަރު މުއްތަލިބް ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;