ނާޒިމް އެ ގްރޫޕުން ބޭރުކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ. އެހެންނަމަވެސް އެކަން ވަނީ ޔަގީންކުރެވިފައެވެ. އެ ގްރޫޕަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީޯއެންސީގެ ރައީސްގެ ހައިސިއްޔަތުން ހިންގަވާ ރަސްމީ ގްރޫޕެވެ. އެ ގްރޫޕްގައި ރައީސް މުއިއްޒުގެ އިތުރުން ދެން ތިއްބަވަނީ މަޖިލީސް މެމްބަރުންނެވެ.
ޕީއެންސީ މަޖިލިސް މެމްބަރުން ތިބޭ ގްރޫޕުން ނާޒިމް ބޭރުކޮށްފައި މިވަނީ އޭނާގެ މައްސަލަތަކެއް ފުލުހުން ބަލަމުންދާކަމަށް މީގެކުރިން އަޑުފެތުރިފައި ވަނިކޮށެވެ. އެހެންނަމަވެސް އެވާހަކަތައް ހޯމް މިނިސްޓާރު އަލީ އިހްސާން ވަނީ މީގެ ކުރިން ދޮގުކުރައްވާފައެވެ.
އެ ވާހަކަތައް ފެންމަތިވީ މި ސަރުކާރުގައ ނުފޫޒު ގަދަކަމަށް ބެލެވޭ ނާޒިމް، އޭނާ ހިމެނިވަޑައިގެންނެވި މަޖލީހުގެ އެންމެ ބާރު ގަދަ ދެ ކޮމެޓީން މިދިޔަ މަހުގެ 20 ވަނަ ދުވަހު ވަކިކުރުމުންނެވެ. ނާޒިމް ވަކިކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ (241) ކޮމެޓީންނެވެ. އެކޮމެޓީތަކުން ވަކިކޮށް އޭނާ އައްޔަންކުރީ މާގިނަ މަސައްކަތްތަކެއް ނޯންނަ މަޖިލީހުގެ އެންވަޔަރަމަންޓް ކޮމެޓީއަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;