ads
20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
ކޯރަމް ހަމަނުވެގެން ޖަލްސާ ފެށުން 10 އަކަށް ލަސްކޮށްފި
ކޯރަމް ހަމަނުވެގެން މިއަދުގެ މަޖިލިސް ޖަލްސާ ނުފެށިގެން ޖަލްސާ ފެށުން 10 އަކަށް ލަސްކޮށްފިއެވެ.
Advertisement

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް އާޢްމުކޮށް ފަށަނީ ކޮންމެ ފުވަހަކުވެސް ހެނދުނު 09:00 ގައެވެ. 

އެހެންނަމަވެސް ޖަލްސާގެ ކޯރަމް ރަނގަބީލު ޖެހުމަސްފަހުވެސް 90:10 އެއްވީއިރުވެސް ޖަލްސާ ފެށިފައެއް ނުވެއެވެ. 

ޖަލްސާ ނުފެށި ލަސްވުމުން މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ ރަނގަބީލި ޖެހުމުންވެސް ޖަލްސާ ފެށޭ ވަރަށް މެމްބަރުން ހަމަނުވާކަން އިއުލާންކޮށްފައެވެ.  ރިޔާސަތުން ވިދާޅުވީ ގަޑިޖެހުނުއިރު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ އެންމެ ހ މެމްބަރުންކަމަށެވެ. އެހެންކަމުން ޖަލްސާ ފެށުން 10:00 ޖަހާއިރަށް ލަސްކޮށްފައިވާކަމަށް ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ. 

މި ހަފްތާ ނިމުމުން މަޖްލިސް މި ދައުރު ނިންމީ ޗުއްޓިއަށް ދާނެތީ މި ހަފްތާގެ ހުރިހާ ދުވަހު ޖަލްސާ ބާއްވާނެކަަން މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަނީ މިދިޔަ ހޯމަ ދުވަހު އިއުލާންކޮށްފައެވެ. އެހެންނަމަވެސް މަޖިލީހުގެ ތަޅުމުގައި ކުރާނެ ކަމެއްނެތިގެން ކޮންމެ ދުވަހަކުވެސް މަޖިލީހުގެ ޖަލްސާ އަންނަނީ އަވަހަށް ނިންމާލަމުންނެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;