ads
20 ވަނަ ރައްޔިތުން މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
ޕީއެންސީ އެއްވެސް މެމްބަރަކު ނައުމުން ޖަލްސާ ކެންސަލްކޮށްފި
މިއަދު ބާއްވަން އުޅުނު ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ވެރިކަންކުރާ ޕީއެންސީގެ އެއްވެސް މެމްބަރަކު ހާޒިރު ނުވުމުން ކޯރަމް ނުލިބިގެން ޖަލްސާ ކެންސަލް ކޮށްފިއެވެ.
Advertisement

މަޖިލީހުގެ ޖަލްސާތައް އާޢްމުކޮށް ފަށަނީ ކޮންމެ ފުވަހަކުވެސް ހެނދުނު 09:00 ގައެވެ. 

އެހެންނަމަވެސް ޖަލްސާގެ ކޯރަމް ރަނގަބީލު ޖެހުމަސްފަހުވެސް 90:10 އެއްވީއިރުވެސް ޖަލްސާ ފެށިފައެއް ނުވެއެވެ. 

ޖަލްސާ ނުފެށި ލަސްވުމުން މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ ރަނގަބީލި ޖެހުމުންވެސް ޖަލްސާ ފެށޭ ވަރަށް މެމްބަރުން ހަމަނުވާކަން އިއުލާންކޮށްފައެވެ.  ރިޔާސަތުން ވިދާޅުވީ ގަޑިޖެހުނުއިރު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ އެންމެ ހަ މެމްބަރުންކަމަށެވެ. އެހެންކަމުން ޖަލްސާ ފެށުން 10:00 ޖަހާއިރަށް ލަސްކޮށްފައިވާކަމަށް ނާޒިމް އިއުލާންކުރެއްވިއެވެ. 

10 ޖެހިއިރު ޖަލްސާ ފަށަން މަސައްކަތް ކޮށްވެސް ކޯރަމް ހަމަނުވެގެން ވަނީ ޖަލްސާ ނުފެށިފައެވެ. ސަބަބަކީ މަޖިލީހުގައި ހިމެނޭ ޕީއެންސީ އެއްވެސް މެމްބަރަކު ހާޒިރުނުވުމުންނެވެ. 

ރިޔާސަރުގައި އިންނެވި ނާޒިމް ވިދާޅުވީ ކޯރަމް ހަމަނުވެގެން ޖަލްސާ މާދަމާއަށް ފަސްކޮށްފައިވާކަމަށެވެ. އޭރު މަޖިލިސް ތަޅުމުގައި ތިއްބެވީ ނާޒިމްގެ އިތުރުން، އިދިކޮޅު އެމްޑީޕީގެ ހަ މެންބަރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;