އެމްއެމްއޭ އިން އިއުލާނުކޮށްފައިވާ މި މުބާރާތުގެ މަގުސަދަކީ ކުނޑިކޮށްފައިވާ ފައިސާއިން މާނަވީ އުފެއްދުންތަކެއް ތައްޔާރުކޮށްގެން އެއަށް އައު ދިރުމެއް ގެނެސްދިނުންކަމަށް އެމްއެމްއޭއިން ބުންޏެވެ.
ބާވެ ހަލާކުވުމުގެ ސަބަބުން ކުނޑިކޮށްފައިވާ ރަންދިހަފަހެއް ސީރީސްގެ ނޫޓުތަކުގެ ކުނޑި ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތައް ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ މާދަމާ ރޭ 11:59 އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފަރުދުންނަށާއި ޓީމުތަކަށާއި ފަންނުވެރިންގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަނީ ހުޅުވާލާފަ އެވެ. ބައިވެރިންނަށް ކޮންމެވެސް އެއް ދާއިރާއަކުން ނުވަތަ ދެ ދާއިރާއިން ވެސް ބައިވެރިވެވޭނެ އެވެ.
މި މުބާރާތުން ހޮވާލެވޭ އެންމެ މޮޅެތި އުފެއްދުންތައް މި އަހަރު ޖުލައިގައި އެމްއެމްއޭއިން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ދައްކާލުމަށް ބަހައްޓާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;