ads
ލޯންޗަކުން މާލޭ ބަނދަރު މައްޗަށް ކުނިއަޅާފައި. މިކަން ކުރި ލޯންޗު ހޯދާ ވަނީ ޖޫރިމަނާކޮށްފައި
މާލޭ ބަނދަރު މައްްޗަށް ކުނިއަޅާފައި ދިޔަ ލޯންޗެއް ހޯދާ ޖޫރިމަނާކޮށްފި
މާލޭ ބަނދަރު މައްްޗަށް ކުނިއަޅާފައި ދިޔަ ލޯންޗެއް ހޯދާ ޖޫރިމަނާކޮށްފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
Advertisement
އެ ކައުންސިލުން ބުނީ މިދިޔަ އަންގާރަ ދުވަހު ލޯންޗަކުން މާލޭގެ ދެކުނު ފަރާތު ބަނދަރު ތޮށިގަނޑު މައްޗަށް ކުނިއަޅާފައި ފުރައިގެން ދިޔަކަމަށެވެ. 
ޖެހިގެން އައި ދުވަހު އެ ލޯންޗް އަނބުރާ މާލެ އައުމުން، މާލޭގެ އުތުރުފަރާތު 1 ނަންބަރު ޖެޓީގައި އޮއްވާ މާލެސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓު ޔުނިޓުން އެ ލޯންޗު ހޯދިކަމަށް ކައުންސިލުން ބުނެއެވެ. އަދި އެ ލޯންޗުން މާލޭ ބަނދަރަށް ކުނި އަޅާފައިވުމުން ޖޫރިމަނާކޮށްފައިވާކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. 

މިފަދަ މައްސަލަތަކީ އާޢްމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފް އަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނާކަމެއްކަމުގައިވާތީ، މަގުތަކާއި އާއްމު ތަންތަނަށް ކުނިނޭޅުމަށް މާލެސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.. މާލެ ސިޓީ ސާފުތާހިރުކޮށް ބޭއްވުމަށް މާލެގައި ދިރިއުޅުއްވާ ފަރާތްތަކާއި މާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ. 

ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ މާލޭގެ މަގުތަކަށް ކުނި އަޅަމުން ދިޔަ ބައެއް މީހުން ހޯދާ އެމީހުން ޖޫރިމަނާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;